
އީރާނުގެ ވަރުގަދަ އިންޒާރެއް ގަލްފު ގައުމުތަކާއި އެމެރިކާ އިޒްރޭލަށް އަދި އެތަންތަނުގެ ސިނާއީ ހުރިހާ ކުންފުނިތަކާއި މުވައްޒަފުންނަށް
އައި.އާރު.ޖީ.ސީ ގެ ގަދަފަދަ އިއްޒާރެއް،
މެދުއިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިނާއީ މަޝްރޫޢުތަކާއި، ޒަޔަނިސްޓް ދައުލަތާ ގުޅުންހުރި ބޮޑެތި ސިނާއަތްތަކުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުން، ވަގުތުން މަސައްކަތްކުރާ ތަންތަން ދޫކޮށް ދިއުމަށް އިލްތިމާސްކޮށްފި.
އަޅުގަނޑުމެންގެ މުޖާހިދުން ދެމުންގެންދާ ބަދަލުހިފުމުގެ ހަމަލާތަކާ ގުޅިގެން، މި ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް ސިނާއީ ކުންފުނިތަކާއި، ޒަޔަނިސްޓުންގެ ބޮޑެތި ސިނާއަތްތަކުގެ ހުރިހާ މުވައްޒަފުންނަށް މިކަމުގެ އިންޒާރު އަރުވަމެވެ. ތިޔަބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެފަދަ މަސައްކަތްތެރި ސައިޓުތަކުން ވަގުތުން ދުރަށް ޖެހިވަޑައިގަތުމަށް އިލްތިމާސް ކުރަމެވެ.
މީގެ އިތުރުން، މިފަދަ ސިނާއީ މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ އާންމު ރައްޔިތުންވެސް، ހަމަލާތައް ނިމެންދެން އެ ތަންތަނާ މަދުވެގެން އެއް ކިލޯމީޓަރުގެ ދުރުމިނެއްގައި ތިއްބެވުމަށް ދަންނަވަމެވެ.
ހަމަކަށަވަރުން ނަސްރުވަނީ، ގަދަފަދަވަންތަ، ހަކީމްވަންތަ ﷲ ގެ ހަޟުރަތުންނެވެ.



