އދ ގައި ހުނަންވާ އީރާނުގެ އިސް ޑިޕްލޮމެޓް މުހައްމަދު ސަފާ  ރައްދު  އެމެރިކާއަށް
ދުނިޔެ

އދ ގައި ހުނަންވާ އީރާނުގެ އިސް ޑިޕްލޮމެޓް މުހައްމަދު ސަފާ ރައްދު އެމެރިކާއަށް

ރރާޅު މީޑިއާ
March 27, 2026

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ފަދަ ހަމަލާއެއް ދީފިނަމަ އީރާނަކީ ޓެރަރިސްޓެއްގެ ލޭބަލް ޖަހާނެ.

އެކަމަކު އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދިނީމަ ޓެރަރިސްޓަކަށް ނުވި. މިކިޔަނީ އަމިއްލަ ދިފާއަށް ދެމުންދާ ހަމަލާތަކެއް ކަމަށް.

އީރާނުން ވޮޝިންޓަނަށް ބޮން އަޅާ، އެމެރިކާގެ ރައީސްއާއި، ސިޔާސީ ބޭފުޅުންނާއި، ޑިޕްލޮމެޓުންނާއި، މަތީ ޖެނެރަލުން މަރާލިނަމަ ތަޞައްވުރު ކޮށްލައްވާ އެކަމަށް ކިޔާނީ ކޮން ނަމެއް؟ ވާނީ ޓެރަރިސްޓުންނަށް.

އެމެރިކާއިން ތެހެރާނަށް ބޮން އަޅާ، ދައުލަތުގެ އިސްވެރިންނާއި، ސިޔާސީ ބޭފުޅުންނާއި، ޑިޕްލޮމެޓުންނާއި، މަތީ ޖެނެރަލުން ވަނީ މަރާލާފަ. ކީއްވެގެންތޯ މިއީ ޓެރަރިޒަމަށް ނުވަނީ؟

އެމެރިކާގެ ކައުންޓަރ ޓެރަރިޒަމް އޮފިޝަލަކު އިސްތިއުފާ ދިނީ އީރާނަކީ ނުރައްކަލެއް ނޫން ކަމަށް ވަޒަންކޮށް، ޑޮނަލްޑް ޓްރަމްޕްގެ ހަނގުރާމަވެރި ސިޔާސަތަށް ވެސް ފާޑުކިޔާފަ.!!!

ޚިޔާލުފާޅުކުރުން

ކޮމެންޓު