އީރާނުގެ އިންގިލާބީ ގާޑުން ނިއުކްލިއާ ހަމަލާއަށް އިންޒާރުދޭ ފަރާތްތަކަށް ވަރުގަދަ ރައްދެއް: ހަމަލަދިން އެއްޗަކުން ރައްދު ހަމަލަ ދޭނަން
ދުނިޔެ

އީރާނުގެ އިންގިލާބީ ގާޑުން ނިއުކްލިއާ ހަމަލާއަށް އިންޒާރުދޭ ފަރާތްތަކަށް ވަރުގަދަ ރައްދެއް: ހަމަލަދިން އެއްޗަކުން ރައްދު ހަމަލަ ދޭނަން

ރރާޅު މީޑިއާ
March 17, 2026

އީރާނުގެ އިންގިލާބީ ގާޑު (އައި.އާރް.ޖީ.ސީ) އިން، އެ ޤައުމަށް ނިއުކްލިއާ ހަމަލާއެއް ދިނުމުގެ އިންޒާރު ދޭ ފަރާތްތަކަށް ވަރުގަދަ ރައްދެއް ދިނުމަށް ތައްޔާރުކަމުގެ އިންޒާރެއް ދީފި އެވެ.

އައި.އާރް.ޖީ.ސީގެ އިސް ބޭފުޅެއް ނިއުކްލިއާ ހަމަލާއަކާ ގުޅޭ ގޮތުން ދެއްވި އިންޒާރެއްގައި ވިދާޅުވެފައި ވަނީ، “ނިއުކްލިއާ ހަމަލާއެއް ދިނުމުގެ އިންޒާރުދޭ މީހުންނަށް އަޅުގަނޑުމެން ދަންނަވަންއޮތީ، އެމީހުން އަޅުގަނޑުމެންނަށް އިންޒާރު ދިން ގޮތަަކަށް އަދި ހަމަލާދިން އެއްޗަކުން އަޅުގަނޑުމެން ހަމަލާ ދޭނަން” މިފަދައިންނެވެ. މި ބަޔާން އިޢުލާނުކުރެވިފައި މިވަނީ ސަރަހައްދީ ހަމަނުޖެހުންތަކާއި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ޚާއްސަކޮށް އީރާނާއި، އެ ޤައުމުގެ އިދިކޮޅު ފަރާތްތައް ކަމުގައިވާ އިޒްރޭލާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެ ހަނގުތާމަ ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އަބަދުވެސް ބައިނަލްއަޤްވާމީ ގޮތުން ކަންބޮޑުވުންތަކެއް ހުރެ އެވެ. އީރާނުން ބުނަމުން އަންނަނީ އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެއް ކަމުގަ އެވެ. ނަމަވެސް، ހުޅަނގުގެ ބައެއް ޤައުމުތަކާއި އިޒްރޭލުން ދެކެނީ އީރާނުން އަންނަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރަމުން ކަމުގަ އެވެ. މި ސަބަބަށްޓަކައި އީރާނަށް އެކި ދުވަސްވަރު އެމެރިކާއާއި އިދިކޮޅު ހުރިހާ ޤައުމުތަކުން ވަނީ އެކި ސަޒާތައް ވެސް ދީފަ އެވެ. ނަމަވެސް މިކަމުގައި ހަމަނުޖެހޭ ކަމަކީ އީރާނަށް މި ތުޚުމަތުތައް ކުރާ ގައުމުތަކުގެ އަތުގައި ނިއުކްލިޔާ ހަތިޔާރު ހުރުމެވެ.

މިދިޔަ ދުވަސްތަކުގައި ސަރަހައްދުގައި ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ. ޚާއްސަކޮށް ގާޒާ ހަނގުރާމަ ފެށުނީއްސުރެ އީރާނުގެ ހިމާޔަތުގައި ހަރަކާތްތެރިވާ ހިޒްބުﷲ ފަދަ ޖަމާޢަތްތަކާއި އިޒްރޭލާ ދެމެދު ހަމަލާތައް ބަދަލުކުރުން އާންމުވެފަ އެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި އީރާނާއި އިޒްރޭލާ ދެމެދު ސީދާ ހަމަލާތައް ބަދަލުކުރެވި، މުޅި ސަރަހައްދަށް އޮތް ނުރައްކާ ވަނީ ބޮޑުވެފަ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު