
ދުނިޔެ
އީރާނުން ވަރުގަދަ ހަމަލައެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް: ގިނަ އަސްކަރީންގެ މަރު
ރރާޅު މީޑިއާ
March 28, 2026
އީރާނުން ވަރުގަދަ ހަމަލައެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ދީފިއެވެ. މި ހަމަލާގައި އަސްކަރީ ގިނަ ބަޔަކު މަރާލާފައި ވާކަމަށް އިޒްރޭލުގެ އެކި މީޑިޔާތަކުން ކަށަވަރު ކޮަށްދެއެވެ. މިއީ ރޯދަމަސް ނިމުނު ފަހުން އަސްކަރީ މަރުކަޒަކަށް އަމާޒުކޮށްދިން އެންމެ ވަރުގަދަ އަދި އެންމެ ފުރިހަމައަށް ދެވުނު ހަމަލަކަމަށް އީރާނުން ހާމަކުރެއެވެ. މިހަމަލަ ދިނުމާއިއެކު ބިޑެތި ގޮވުންތަކެއް ގޮވައިގެން ދެއެވެ. އަދި ބާރު އަޑުފައްގަނޑާއި އެކު ކުދި ގޮވުންތަކެއްވެސް އެތައް އިރަކު ގޮވިކަމަށް ޚަބަރުތައް ބުނެއެވެ.
އެހާ ގިނައިރުވަންދެން ބޮޑެތި އަދި ކުދި ގޮވުންތަކުގެ އަސްލަކީ އީރާނުން ފޮނުވާލި މިސައިލްގެ އިތުރުން އަސްކަރީ މަރުކަޒުގައި ހުރި ހަތިޔާރު ގޮވުންތައް ކަމަށް މާހިރުން ލަފާ ކުރެއެވެ.



