އީރާނުގެ އަސްކަރިއްޔާގެ ބަޔާން: މިސައިލް ބާރުގެ ބޮޑުބައި އަދިވެސް ބޭނުންނުކުރެވޭ ކަމަށް ހާމަކޮށްފި
ދުނިޔެ

އީރާނުގެ އަސްކަރިއްޔާގެ ބަޔާން: މިސައިލް ބާރުގެ ބޮޑުބައި އަދިވެސް ބޭނުންނުކުރެވޭ ކަމަށް ހާމަކޮށްފި

ރރާޅު މީޑިއާ
March 26, 2026

އީރާނުގެ އަސްކަރިއްޔާގެ ބަޔާން: މިސައިލް ބާރުގެ ބޮޑުބައި އަދިވެސް ބޭނުންނުކުރެވޭ ކަމަށް ހާމަކޮށްފި

މި ބަޔާނުގައި އީރާނުގެ މިސައިލް އަދި ވައިގެ ދިފާޢީ ޤާބިލިއްޔަތާ ބެހޭ ގޮތުން ހައިރާން ކުރުވަނިވި މައުލޫމާތުތަކެއް ހިމެނިފައިވާއިރު، މި ބަޔާނުގައި އީރާނުން ބުނެފައިވަނީ އެ ޤައުމުގެ މިސައިލް ބާރުގެ ބޮޑުބައެއް އަދިވެސް ބޭނުން ނުކުރެވޭ ކަމަށާއި، ދިފާޢީ ނިޒާމުގެ ގިނަ ބައިތައް އަދިވެސް ބޭނުން ނުހިފާ ހުރި ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ މިސައިލް ބާރުގެ 75 އިންސައްތަ އަދިވެސް ބޭނުންކޮށްފައި ނުވެއެވެ. މިއީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި މައުލޫމާތެކެވެ. ސަބަބަކީ މިހާތަނަށް އީރާނުން ވަނީ އެކި ފަހަރުމަތިން މިސައިލް ހަމަލާތައް ދީ، އެ ޤާބިލިއްޔަތު ދައްކާލާފައިވާތީއެވެ. އެހެންކަމުން، ބާކީ ހުރި 75 އިންސައްތަ ބޭނުންކޮށްފިނަމަ، އޭގެ އަސަރު މުޅި ސަރަހައްދަށް ކުރާނެ ކަމަށް ބެލެވެއެވެ. އަދި އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އީރާނުގެ މިސައިލް ސިޓީތަކުގެ ތެރެއިން ބޭނުންކުރީ އެންމެ 30 އިންސައްތައަށް ވުރެ މަދު ސިޓީތައް ކަމަށްވެސް އެ ބަޔާނުގައިވެއެވެ. މީގެ މާނައަކީ، އީރާނުގެ މިސައިލް އުފެއްދުމާއި ރައްކާތެރިކުރުމުގެ ކެޕޭސިޓީ ވަރަށް ބޮޑު ކަމެވެ. މިހާތަނަށް ލޯންޗްކުރި މިސައިލްތަކަކީ، އެ ޤައުމުގެ އެއް މިސައިލް ސިޓީގެ ފުރިހަމަ ކެޕޭސިޓީއަށް ވުރެ މަދު އަދަދެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީރާނުގެ އަސްކަރިއްޔާގެ ބަޔާނުގައި ވަނީ އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުގެ 90 އިންސައްތައަށް އަދިވެސް އަތްނުލާކަން ފާހަގަކޮށްފައެވެ. މިއީ އީރާނުގެ ދިފާޢީ ޤާބިލިއްޔަތު ވަރަށް މަތިކަން ދައްކުވައިދޭ ކަމެކެވެ. ވައިގެ ދިފާޢީ ނިޒާމަކީ އެއްވެސް ޤައުމެއްގެ ސަލާމަތަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ނިޒާމެކެވެ. އެހެންކަމުން، މިހާ ބޮޑު ބައެއް ބޭނުންނުކޮށް ހުރުމުން، އީރާނުގެ ވައިގެ ސަރަހައްދު ދިފާޢުކުރުމަށް އެ ޤައުމަށް ލިބިފައިވާ ބާރު ވަރަށް ބޮޑުކަން ހާމަވެއެވެ.

އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ އެންމެ ސަމާލުކަން ދޭންޖެހޭ އެއް ނުކުތާއަކީ، އެއްވެސް އާ މިސައިލެއް އުފެއްދުމެއް ނެތި، މަދުވެގެން ތިން އަހަރު ދުވަހުގެ ފުލް ސްކޭލް ހަނގުރާމައެއް ކުރަން ފުދޭވަރަށް މިސައިލްތަކާއި ޑްރޯންތަކުގެ ސްޓޮކް އެ ޤައުމަށް ލިބިފައިވާ ކަމެވެ. މި މައުލޫމާތު ދައްކުވައިދެނީ އީރާނަކީ އަސްކަރީ ގޮތުން އަމިއްލައަށް ފުދޭ އަދި ދިގު ހަނގުރާމައަކަށް ތައްޔާރުވެފައިވާ ޤައުމެއް ކަމެވެ. މިފަދަ ބަޔާނަކީ އީރާނުގެ ދުޝްމަނުންނަށް އަމާޒުކޮށް ދިން ވަރަށް ބާރުގަދަ މެސެޖެއް ކަމަށް ސިޔާސީ މާހިރުން ދެކެއެވެ. އެއީ އީރާނުގެ އަސްކަރީ ބާރަށް ގޮންޖެހުމަކާ ކުރިމަތިލުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނުމަށް ދެވުނު އިންޒާރެކެވެ.

އިޒްރޭލާއި އެމެރިކާއާ އީރާނާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، އީރާނުން މި ދައްކާލަނީ އެ ޤައުމުގެ އަސްކަރީ ބާރުގެ ހަޤީޤީ މިންވަރެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު