ބޭނުންވާ މީހުން ވަގުތުން އެ ގައުމު ދޫކޮށް ދިއުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިންޒާރު ދީފި އެވެ.
ދުނިޔެ

ބޭނުންވާ މީހުން ވަގުތުން އެ ގައުމު ދޫކޮށް ދިއުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިންޒާރު ދީފި އެވެ.

ރރާޅު މީޑިއާ
March 4, 2026

ބޭނުންވާ މީހުން ވަގުތުން އެ ގައުމު ދޫކޮށް ދިއުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިންޒާރު ދީފި އެވެ. އައިއާރުޖީސީން ބުނި ގޮތުގައި ކުރިއަށް އޮތީ ވަރަށް ވަރުގަދަ އަދި ފަނާކުރަނިވި ހަނގުރާމައެކެވެ.

އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި، ސަރުކާރުގެ އިދާރާތަކާއި، ސަލާމަތީ މަރުކަޒުތަކާ ދުރަށް ދިއުމަށް އެ ގައުމުގައި ދިރިއުޅޭ މީހުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ހަނގުރާމައިގެ ނަތީޖާ ވަރަށް ބިރުވެރިވާނެ ކަމަށާއި، މިކަން ނިމިގެންދާނީ އިޒްރޭލު އެއްކޮށް ސުންނާފަތިވުމުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

“އަޅުގަނޑުމެން އިރުޝާދު ދެނީ އިޒްރޭލުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އަސްކަރީ މަރުކަޒުތަކާއި، ސަލާމަތީ އަދި ސަރުކާރުގެ މަރުކަޒުތަކާ ދުރަށް ދިއުމަށާއި، ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް” އައިއާރުޖީސީގެ ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ.

އައިއާރުޖީސީން އިތުރަށް ބުނެފައިވަނީ އެ ޖަމާއަތުން ފޮނުވާލި ‘ޚައިބަރު’ މިސައިލްތަކުން ތަލް އަވީވްގައި ހުރި ސަރުކާރުގެ އިމާރާތްތަކަށާއި، ހައިފާ އަދި އިރުމަތީ ގުދުސްގައި ހުރި އަސްކަރީ އަދި ސަލާމަތީ މަރުކަޒުތަކަށް އަމާޒުކޮށްފައިވާ ކަމަށެވެ. އަދި އިސްރާއީލުގައި ގުގުމަމުންދާ އިންޒާރުގެ ރަނގަބީލުތަކުގެ އަޑު ދެން ދުވަހަކު ވެސް ކެނޑިގެން ނުދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަނގުރާމައަށް އީރާނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، މިއީ އިޒްރޭލަށް ކުރިމަތިވާނެ އެންމެ ނުރައްކާތެރި ދަނޑިވަޅު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ

ޚިޔާލުފާޅުކުރުން

ކޮމެންޓު