އީރާނުގެ ގާޑުންގެ ހަރުކަށި އިންޒާރު: ޓުރަމްޕްގެ ސިފައިންނަކީ ހޮރުމުޒްގެ މިޔަރުންގެ ކާނާ
ދުނިޔެ

އީރާނުގެ ގާޑުންގެ ހަރުކަށި އިންޒާރު: ޓުރަމްޕްގެ ސިފައިންނަކީ ހޮރުމުޒްގެ މިޔަރުންގެ ކާނާ

ރރާޅު މީޑިއާ
March 29, 2026

އީރާނުގެ ގާޑުންގެ ހަރުކަށި އިންޒާރު: ޓުރަމްޕްގެ ސިފައިންނަކީ ހޮރުމުޒްގެ މިޔަރުންގެ ކާނާ

އީރާނުގެ އިންގިލާބީ ގާޑުންގެ އިސް ވެރިއެއް މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް އީރާނަށް އަރައިގަތުމަށް ފޮނުވާ ސިފައިންނަކީ ހޮރުމުޒް ކަނޑުއޮޅީގައި އުޅޭ މިޔަރުންގެ ކާނާ ކަމަށް ބުނެ ހަރުކަށި އިންޒާރެއް ދީފައެވެ. އެ ގާޑުންގެ ބަޔާނުގައި ބުނެފައިވަނީ އީރާނުން އެމެރިކާގެ ސިފައިންނަށް މަރުހަބާ ކިޔާނެ ކަމަށާއި، ޖަޒީރާ ހިފުމަށް އަވަހަށް އައުމަށް އެދޭ ކަމަށެވެ. އަދި އެމެރިކާގެ ސިފައިން އަންނާނެ ވަގުތަކަށް އީރާނުން ކެތް މަދުވެފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި ބަސްތައް ބުނެފައި މިވަނީ އެމެރިކާ އާއި އީރާނާ ދެމެދުގައި ހުޅުގަނޑު ހޫނުވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ވަނީ މިދިޔަ މަސްތަކުގައި މެދުއިރުމަތީ ސަރަހައްދަށް އިތުރު ސިފައިންނާއި، ހަނގުރާމަ މަތީގެ އުޅަނދުފަހަރު އަދި ވައިގެ ދިފާއީ ނިޒާމުތައް ފޮނުވއި އީރާނަށް ހަމަލަދީ ހަނގުރާމައެއްގެ ތެރެއަށް ވަދެފައެވެ.

އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އީރާނުން އެމެރިކާގެ މަސްލަހަތުތަކަށް ނުރައްކާކޮށް ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއި ގުޅިގެން ސިފައިން ފޮނުވަނީ އެކަންކަން ހައްލު ކުރުމުގެ ގޮތުންނެވެ. ނަމަވެސް އީރާނުން ވަނީ އެމެރިކާގެ މި ކަންކަމަކީ ހަނގުރާމަ އިތުރަށް ހޫނުކުރުން ކަމަށް ސިފަކޮށް، އެފަދަ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދިނުމަށް ތައްޔާރު ކަމަށް ބުނެފައެވެ.

އީރާނުގެ އިންގިލާބީ ގާޑުންގެ މިފަދަ ބަސްތަކުން ދައްކުވައިދެނީ އެ ގައުމުގެ ހިތްވަރާއި، އެމެރިކާގެ ހަނގުރާމަވެރިކަމަށް ދެކޮޅު ހެދުމަށް ތައްޔާރުވެފައިވާ މިންވަރެވެ. އެ ގާޑުންނަކީ އީރާނުގެ އެންމެ ވަރުގަދަ އަސްކަރީ ބާރެވެ. އަދި އެ ގާޑުންގެ ބަހަކީ އީރާނުގެ ދިފާއީ ސިޔާސަތުތައް ދައްކުވައިދޭ މުހިންމު ނިޝާނެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު