އީރާނުގެ ގާޑުން އިޒްރޭލުގެ ދިމޯނާ ނިއުކްލިއާ ޕްލާންޓަށް ސީދާ އިންޒާރު ދީފި
ދުނިޔެ

އީރާނުގެ ގާޑުން އިޒްރޭލުގެ ދިމޯނާ ނިއުކްލިއާ ޕްލާންޓަށް ސީދާ އިންޒާރު ދީފި

ރރާޅު މީޑިއާ
March 21, 2026

އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން އިޒްރޭލުގެ އެންމެ ބޮޑު އަދި އެންމެ ނާޒުކު ނިއުކްލިއާ ޕްލާންޓް ކަމަށްވާ ދިމޯނާ ގޮއްވާލުން އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށް ބުނެ ސީދާ އިންޒާރެއް ދީފިއެވެ. އީރާނުގެ ގާޑުން ބުނެފައިވަނީ، މިރޭގެ އިންޒާރު ހެއްކަކަށް ފުދޭނެ ކަމަށާއި، މިފަދަ ބޮޑު ހަމަލާއެއް ދިނުމުގެ ގާބިލިއްޔަތު އީރާނަށް ލިބިގެންވާ ކަމަށެވެ.

އީރާނާއި އިޒްރޭލަކީ ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ބޮޑަށް ވާދަވެރި ދެ ގައުމެވެ. ދެގައުމުގެ ގުޅުން ގޯސްވެފައިވަނީ މައިގަނޑު ގޮތެއްގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، ސަރަހައްދުގައި އީރާނުގެ ނުފޫޒު ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ. އިޒްރޭލުން ދެކޭ ގޮތުގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އިޒްރޭލުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މިހެންކަމުން، އީރާނުގެ ނިއުކްލިއާ ކެޕޭސިޓީ އުފެއްދުމަށް ހުރަސް އެޅުމަށް އިޒްރޭލުން ވަނީ އެތައް މަސައްކަތެއް ކޮށްފައެވެ.

އީރާނުގެ ސައިންޓިސްޓުންނަށް ހަމަލާ ދިނުމާއި، ސައިބަރ ހަމަލާތައް ދިނުމާއި، ސީދާ އަސްކަރީ މުއައްސަސާތަކަށް ހަމަލާ ދިނުން ވެސް ހިމެނެއެވެ. ދިމޯނާ ނިއުކްލިއާ ޕްލާންޓަކީ އިޒްރޭލުގެ ނިއުކްލިއާ ޕްރޮގްރާމުގެ މުހިންމު މަރުކަޒެއް ކަމަށް ބެލެވެއެވެ. މި ތަނަކީ އިޒްރޭލުގެ ނިއުކްލިއާ ހަތިޔާރު އުފައްދާ މަރުކަޒު ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ޝައްކު ކުރެއެވެ. އެހެންކަމުން، މިފަދަ ތަނަކަށް ހަމަލާ ދިނުމުގެ އިންޒާރަކީ ވަރަށް ނުރައްކާތެރި އިންޒާރެކެވެ.

އީރާނުންވަނީ މަދު މިނެޓުކޮޅެއްގެ ތެރޭގައި އިޒްރޭލް މިނޫންވެސް ކޮންމެ ތަނެއްވެސް ގޮއްވާލެވިދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ކުރިއަށް އޮތީ އިޒްރޭލަށް ބިރުވެރި ހިތްދަތި ދުވަސްތަކެއް ކަމަށާއި އަމާންކަން ބޭނުންނަމަ ފަލަސްތީނުގެ ބިންތައް ދޫކޮށް ފިލަންވީކަމަށްބުނެ ޔަހޫދީ ރައްޔިތުންނަށްވެސް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު