
ދުނިޔެ
އިޒްރޭލާއި އެމެރިކާއަށް ހަނދާން ނުނެތޭނެ ވަރުގެ ފިލާވަޅެއް ދޭނަން: އީރާން
ރރާޅު މީޑިއާ
March 1, 2026
އިޒްރޭލާއި އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އޭގެ ބަދަލެއްގެ ގޮތުން އެ ދެ ގައުމަށް ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ފިލާވަޅެއް ދަސްކޮށްދޭނެކަމަށް އީރާނުން މިރޭ ބުނެފިއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ މިރޭ ވިދާޅުވިކަމަށް އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ބުނީ، އިޒްރޭލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ހަމަލާތައް ދެމުންދާ މި ދަނޑިވަޅުގައި، އެ ގައުމުތަކަށް އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެގޮތުން އީރާނުގެ ސުފައިންނާއި ރައްޔިތުން ގުޅިގެން، އިޒްރޭލާއި އެމެރިކާގެ ރައްޔިރުން ދުވަހަކު ވެސް ނުދެކޭފަދަ، އަދި ހަނދާން ނައްތައިނުލެވޭނެ ފަދަ ބިރުވެރި ފިލާވަޅެއް އެ ދެ ގައުމުގެ ރައްޔިތުންނަށް ދަސްކޮށްދޭނެ ކަމުގައި އޭނާ ވިދާޅުވެފައިވެއެެވެ



