
ވާހަކައެއް ނުދައްކާނަން' ބޭނުންނަމަ އީރާނުން ދައްކާ ވާހަކަ އަޑުއަހާ އިޖާބަދީ ނޫންނަމަ ދެން ރައްދު ދޭނީ ގޮއްމުށުން: އީރާން
އަދި އިތުރު 10 ދުވަސް ދިނަސް ޓްރަމްޕާ ދައްކާނެ ވާހަކައެއް ނެތް، ދެން ރައްދު ދޭނީ ގޮއްމުށުން: އީރާން
10 ދުވަހުން ކިތަންމެ މުއްދަތެއް ދިނަސް ޓްރަމްޕާއި ދައްކާނެ ވާހަކައެއް ނެތްކަމަށާއި އެއްވެސް ވާހަކައެއް ދައްކަން ބޭނުންނަމަ ޓްރަމްޕް ޖެހޭނީ އީރާނުގެ ހުރިހާ ޝަރުތުތަކެއް ގަބޫލުކޮށް އީރާނުން ދައްކާ ވހަކަ އަޑުއަހަން އިންނަންކަމަށް އީރާނުގެ ފޮރިން ވިދާޅުވެއްޖެ.
މިހެން ވިދާޅުވީ ޓްރަމްޕް އީރާނުން ގޮތެއް ނިންމުމަށް 10 ދުވަހުގެ މުއްދަތެއް ދެނީކަމަށްބުނެ ކުރި އިއުލާނާއި ގުޅިގެންނެވެ.
ނަމަވެސް އީރާނުން ބުނެފައިވަނީ ހަނގުާމަ ފެއްޓީ އެމެރިކާއިން ބޭނުންވާ ގޮތައް ކަމަށާއި ހަނގުރާމަ ނިންމާނީ އީރާނުން ބޭނުންވާ ގޮތައް ކަމަށް.
އެމެރިކާއާއި އެކު އެއްބަސްވުމެއް ހަދަން އަޅުގަނޑުގެ އެއްވެސް ޝައުގެއްނެތް. އެމެރިކާ އެދޭނަމަ އީރާނުގެ ހުރިހާ ޝަރުތަކަށް އެއްބަސްވެ އީރާނުން ނިންމާގޮތެއް ބަލަން ތިބެންވީ. އެމެރިކާއަށް ގޮތް ނިންމުމުގެ އެއްވެސް ފުރުސަތެއް ނެތް. އައްބާސް އަރަގްޗީ ވިދާޅުވިއެވެ.



