
އީރާނުގެ އެންމެ ފަހުގެ އިންޒާރު: ހަނގުރާމަ ހުއްޓާލާނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އިޒްރާއީލް ފަނާކުރުމަށްފަހު
މެދުއިރުމަތީގެ ސުލްހަޔަށް ބުރޫއަރައި، ހަމަނުޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އީރާނުން ވަނީ ހައިރާންކުރުވަނިވި އަދި ނުރައްކާތެރި އިންޒާރެއް ދީފައެވެ. އެ ގައުމުން ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލާނީ، އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒެއް ހަލާކުކޮށް، އިޒްރާއީލް ފަނާކޮށްލުމަށްފަހު ކަމަށެވެ. އަދި މިކަމަށްފަހު ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަން ލިބޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.
އީރާނުގެ މި ބަޔާނުން ދައްކުވައިދެނީ، މި ސަރަހައްދުގައި އެ ގައުމުގެ ބާރާއި ނުފޫޒު ދައްކުވައިލުމަށް އެ ގައުމުން ބޭނުންވާ މިންވަރެވެ. އެގޮތުން، ހަނގުރާމަ ހުއްޓާލުމަށް އެ ގައުމުން ކަނޑައަޅާފައިވާ ޝަރުތުތަކަކީ އިޒްރޭލް އަމިއްލައަށް މަރުވުން ނުވަތަ އެމެރިކާއިން އިޒްރޭލް މަރާލުވެ. މާނަޔަކީ ފަލަސްތީނުގެ ބިންތަކުން ޔަހޫދީން ފޭބުން ނުވަތަ ބޭލުމެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، އެތަންތަން ހަލާކުކޮށްލުމަކީ ސީދާ އެމެރިކާއަށް ދެވޭ ހަމަލާއެކެވެ.
މި ބަޔާނާ ގުޅިގެން، މެދުއިރުމަތީގައި ހުރި ސިޔާސީ އަދި އަސްކަރީ ނާޒުކުކަން ފާހަގަކޮށްލެވެއެވެ. އިޒްރާއީލާއި އީރާނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަކީ ގިނަ އަހަރުތަކެއްވެފައިވާ ކަމެކެވެ. އީރާނަކީ އަބަދުވެސް ފަލަސްތީނަށް ތާއީދުކޮށް، އިޒްރާއީލާ ދެކޮޅަށް ތެދުވެރިކަމާއެކު މަސައްކަތްކުރާ ގައުމެކެވެ. އެ ގައުމުގެ މި އިންޒާރު އައިސްފައިމިވަނީ، މިހާރުވެސް ޣައްޒާގައި ހަމަނުޖެހުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.އދި އެމެރިކާއާއި އިސްރޭލުން ގުޅިގެން އީރާނަށް ހަމަލަ ދެމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާއަކީ އިޒްރާއީލްގެ އެންމެ ބޮޑު އެއް އެކުވެރިޔާ ކަމަށްވާއިރު، އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެފައިވުމަކީ، މައްސަލަ އިތުރަށް ބޮޑުވެ، ސަރަހައްދުގައި ހަނގުރާމައިގެ އަލިފާންގަޑު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވޭ ކަމެކެވެ.
އީރާނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އެ ގައުމުން ބުނަނީ މި ހުރިހާ ކަމެއްގެ ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަން ލިބި، އެ މީހުންނަށް އަމިއްލަ މިނިވަން ދައުލަތެއް ގާއިމުކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.



