އީރާނުން ދުނިޔެ ސިއްސުވާލާނެ ތާރީޚީ ސަޕްރައިޒަކަށް އިންޒާރު ދީފި؛ ތަލް އަވީވްގައި ބޮޑެތި ގޮވުންތައް
ދުނިޔެ

އީރާނުން ދުނިޔެ ސިއްސުވާލާނެ ތާރީޚީ ސަޕްރައިޒަކަށް އިންޒާރު ދީފި؛ ތަލް އަވީވްގައި ބޮޑެތި ގޮވުންތައް

ރރާޅު މީޑިއާ
April 7, 2026

އީރާނުން ދުނިޔެ ސިއްސުވާލާނެ ތާރީޚީ ސަޕްރައިޒަކަށް އިންޒާރު ދީފި؛ ތަލް އަވީވްގައި ބޮޑެތި ގޮވުންތައް

އީރާނުގެ އަސްކަރިއްޔާއިން ދުނިޔެ ސިއްސުވާލާނެ ފަދަ ތާރީޚީ ބޮޑު “ސަޕްރައިޒެއް” ދީފާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދީފައިވާ ކަމަށް ކުއްލި ޚަބަރުތައް ބުނެއެވެ. މި އިންޒާރާއެކު، އިސްރާއީލުގެ ވެރިރަށް ކަމަށްވާ ތެލްއަވީވްގެ އެކި ސަރަޙައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުން ބުނެފައިވާ ގޮތުގައި މިރެއަކީ އަންނަން އޮތް އެތައް ޤަރުނެއް ވަންދެން މުޅި ދުނިޔެ ހަނދާން ކުރާނެ ފަދަ ތާރީޚީ ރެއަކަށް ވެގެންދާނެއެވެ.

އީރާނުގެ އަސްކަރިއްޔާއިން ދީފައިވާ އިންޒާރުގައި ބުނެފައިވަނީ، މުޅި ދުނިޔެ ސިއްސުވާލާނެފަދަ ބޮޑު ކަމެއް މިރޭ ހިނގައިދާނެ ކަމަށެވެ. އީރާނުން މިކަން ސިފަކޮށްފައިވަނީ އިޒްރާއީލްގެ ތާރީޚުގައިވެސް ދެކޭނެ އެންމެ ބިރުވެރި އަދި ނާމާން ރޭގެ ގޮތުގައެވެ. ރިޕޯޓުތައް ބުނާގޮތުން އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލަތަކެއްގަ އީރާނުގެ މުހިންމު ސިނާއީ ތަންތަނަށް ހަމަލަ ދީފައިވާތީވެ އީރާނުން ބަދަލުހިފުމުގެ ހަމަލަތައް ފުލުފުލުގަ ދަނީ އިޒްރޭލަށް އަމާޒު ކުރެވެމުންނެވެ. އަދި މިހަލަތަކުގެ ނިމުން ހިތިވާނެކަމަށް ބުނެ އީރާނުންވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އިޒްރޭލާއި ހަމައިން މި ހަމަލަތައް ނުނިންމާނެ ކަމަށާއި އެމެރިކާގެ އެންމެހާ ބައިވެރިންވެސް މިކަމަށް އަގުދައްކަން ޖެހޭނެ ކަމަށާއި އެ ހުރިހައި ގައުމުތަކަށް ރައްދުހަމަލަތައްދީ އަނދިރި ކޮށްލާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ

މިސަރަހައްދު މިހާލަތައް ވައްޓާލުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އެމެރިކާގެ ރައީސް ޓްރަމްޕް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އިޒްރޭލަކީ އެމެރިކާގެ މަސްލަހަތައްޓަކައި މެދުއިރުމަތީގައި ފުޅާކުރަމުން އައި އެންޓިޓީއެއް ކަމަށާއި ނަމަވެސް މިހާރު އެދަނީ ނިމެން ކަމުގައިވެސް ގިނަފަރާތްތަކަކުން ލަފާކުރެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު