
އީރާނުގެ އަމާޒަކީ އިޒުރޭލުގެ ނިއުކްލިއާ އަދި ހަތިޔާރު ގުދަންތައް ކަމަށް ހާމަކޮށްފި
އީރާނުން އިޒުރޭލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒު ހިފުމަށް ނިންމައިފި
ސަރަހައްދީ ހަމަލާތައް އިތުރުވެ، ހަމަޖެހުން ކުޑަވެފައިވާ މި ދަނޑިވަޅުގައި، އީރާނުން ވަނީ އިޒުރޭލާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ އަމާޒު ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން، އިޒުރޭލުގެ ނިއުކްލިއާ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކަށް މިހާރު ފޯކަސް ކޮށްފައިވާ ކަމަށް އީރާނުން ބުނެއެވެ. މިކަމާ ގުޅިގެން މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި ހިނގާފައިވާ ހަމަލާތަކަށް ވުރެ ބޮޑު ކަންތައްތަކެއް ހިނގައިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. އީރާނުން ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ހަމަލާ ނުދޭނެ ކަމަށް ވެސް ހާމަކޮށްފައެވެ.
އީރާނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް އިޒްރޭލުން ހަމަލަ ދިން ނަމަވެސް އީރާނުން އެ ފެންވަަރަށް ނުވެއްޓޭނެ ކަމަށެވެ.



