ދުނިޔެ
އެމެރިކާ އާއި ކުރިމަތިލުމަށް ކުރިޔަށްވުރެ ފުރިހަމަޔަށް ތައްޔާރު: އީރާން
ރރާޅު މީޑިއާ
January 27, 2026
ކުރިމަތިވެދާނެ ހަމަލާތަކަށް ރައްދު ދިނުމަށް އީރާނުން "ކުރިއަށް ވުރެ ބޮޑަށް ތައްޔާރަށް" އޮތް ކަމަށް ބުނެފިއެވެ.
ކޮންމެ ހަފްތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ މާޒީގެ ތަޖުރިބާތަކަށް ބަލާ، އީރާނަކީ ކުރިއަށްވުރެ ބޮޑަށް ތައްޔާރަށް އޮތް ގައުމެއް ކަމަށާއި، ކުރިމަތިވެދާނެ ކޮންމެ ޢުދުވާނަކަށް ހުރިހާ ގޮތަކުން ވެސް ވަރަށް ފުރިހަމައަށް، ރައްދުދޭނެ ކަމަށެވެ.
ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެދުއިރުމައްޗާއި ދިމާއަށް އެމެރިކާ ސިފައިން ދަތުރުކުރާކަން އިއުލާންކޮށް، އީރާނުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަކަން އިއުލާންކޮށްފައެވެ.
