
އިޒްރޭލުގެ އަސްކަރީ ސިނާއަތާއި ގުޅުން ހުރި ބޮޑެތި ކުންފުނިތަކަކަށް އަމާޒުކޮށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި އަސްކަރީ ސިނާއަތްތަކާ ގުޅުންހުރި މުހިންމު މަރުކަޒުތަކަކަށް މިއަދު ހެނދުނުން ފެށިގެން ޑްރޯން ބޭނުންކޮށްގެން ހަމަލާދެމުންދާ ކަމަށް އއައިއާރުޖީސީއިން ބުނެފިއެވެ.
އައިއާރުޖީސީ އިން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އަސްކަރީ އުފެއްދުންތަކަށް މަޝްހޫރު ދެ ކުންފުނި ކަމަށްވާ ‘އެލްބިޓް’ އަދި ‘ކަންފިޓް’ ގެ އިންފްރާސްޓްރަކްޗާ މަރުކަޒުތަކަށެވެ. މި ކުންފުނިތަކަކީ އިސްރާއީލުގެ ދިފާއީ ނިޒާމުތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުނިތަކެކެވެ.
މީގެ އިތުރުން، އިސްރާއީލުގެ ނޯވް ހަގަލީލް އަދި ތަލް އަބީބުގައި ހުންނަ، ޒަޔަނިސްޓް ދައުލަތުގެ ދިފާއީ އަދި ހަމަލާދޭ ނިޒާމުތައް ތައްޔާރުކޮށް ތަރައްގީކުރާ މަރުކަޒުތަކަށް ވެސް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް އީރާނުން ވަނީ ކަށަވަރުކޮށްދީފައެވެ.



