އީރާނުން އިސްރާއީލާއި ގަލްފުގައިވާ އެމެރިކާގެ ބޭސްތަކަށް ޙަމަލާދީފި
ދުނިޔެ

އީރާނުން އިސްރާއީލާއި ގަލްފުގައިވާ އެމެރިކާގެ ބޭސްތަކަށް ޙަމަލާދީފި

ރރާޅު މީޑިއާ
February 28, 2026

މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ބޮޑުވެ، ހާލަތު އިތުރަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، އީރާނުން އިސްރާއީލާއި ގަލްފު ސަރަހައްދުގައިވާ އެމެރިކާގެ ބޭސްތަކަށް ބޮޑު ޙަމަލާއެއް ދީފި އެވެ. މި ޙަމަލާތަކުގައި 125 ދަރިފަނި މިސައިލާއި 35 ބެލިސްޓިކް މިސައިލް ބޭނުންކޮށްފައިވެ އެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ޙަމަލާތަކަކަށްފަހު ބަދަލު ހިފުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާނުން ދިން ވަރުގަދަ ރައްދެއްގެ ގޮތުގައި ފާހަގަކުރެވޭ ޙަމަލާތަކެކެވެ. ރިޕޯޓްތައް ބުނާގޮތުން، މި ޙަމަލާތަކުގައި ދުބާއީ، ދޯހާ އަދި ރިޔާޟުގައި ހުރި އެމެރިކާގެ ބޭސްތަކަށް ވެސް ވަނީ އީރާނުގެ ދަރިފަނި މިސައިލްތަކުން އަމާޒުކޮށްފަ އެވެ. މި ހަމަލާގެ ސީދާ އަސަރުތަކާއި ގެއްލުންތަކުގެ ތަފްސީލުތައް އަދި ސާފުވާން ހުރިއިރު، ސަރަހައްދުގެ ހާލަތު ވަނީ އިތުރަށް ހޫނުވެފަ އެވެ. މިފަދަ ބޮޑެތި އަދަދެއްގެ މިސައިލް އެއްފަހަރާ ފޮނުވާފައިވާއިރު، މިކަމުގެ ސަބަބުން ސަރަހައްދުގެ ދިފާޢީ ނިޒާމުތަކަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބައެއް އަސްކަރީ ތަޖުރިބާކާރުން ލަފާކުރައްވަ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު