ހަނގުރާމަ ފެށުނު ފަހުން އިސްރާއީލަށް ދިން އެންމެ ބާރުގަދަ ހަމަލާ އީރާނުން ފަށައިފި: ބިރުވެރި ރެޔަކަށް ތައްޔާރުވާން އިންޒާރު
ދުނިޔެ

ހަނގުރާމަ ފެށުނު ފަހުން އިސްރާއީލަށް ދިން އެންމެ ބާރުގަދަ ހަމަލާ އީރާނުން ފަށައިފި: ބިރުވެރި ރެޔަކަށް ތައްޔާރުވާން އިންޒާރު

ރރާޅު މީޑިއާ
March 14, 2026

ހަނގުރާމަ ފެށުނު ފަހުން އިސްރާއީލަށް އީރާނުން ދިން އެންމެ ބާރުގަދަ ހަމަލާ ފަށައިފި: ބިރުވެރި ރެޔަކަށް ތައްޔާރުވާން އިންޒާރު

އިސްރާއީލާ ދެކޮޅަށް އީރާނުން މިހާރު ދެމުން އަންނަނީ ހަނގުރާމަ ފެށުނު ފަހުން އެ ޤައުމަށް ދިން އެންމެ ބާރުގަދަ ހަމަލާ ކަމަށް އީރާނުން ހާމަކޮށްފިއެވެ. މި ހަމަލާގެ ސަބަބުން ޔަހޫދީންނަށް މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ބިރުވެރި ރެޔަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އީރާނުން ވަނީ އިންޒާރު ދީފައެވެ. އަދި މި ހަމަލާތަކުން ދިފާއުވުމަށް އެމެރިކާއާއި އިޒްރޭލުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

އީރާނުގެ މީޑިއާ ރިޕޯޓުތަކުން އެނގޭ ގޮތުގައި، އިސްރާއީލުގެ ކަނޑުމަތީގެ ސަރަހައްދުތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދެމުން އަންނަ ކަމަށެވެ. މިއީ އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާގެ ރައްދުގައި ދެވޭ ހަމަލާއެއް ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ އިސްވެރިން ވިދާޅުވަނީ މި ހަމަލާތަކަކީ އެ ޤައުމުގެ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދެވޭ ޙައްޤު ރައްދެއް ކަމަށެވެ.

އީރާނުން ދަޢުވާ ކުރާ ގޮތުގައި މިހާރު ދެމުން އަންނަ ހަމަލާތަކުގެ ބާރުގަދަކަމަކީ މީގެ ކުރިން އިސްރާއީލުން ތަޖުރިބާކޮށްފައި ނުވާނެ މިންވަރެއްގެ ހަމަލާތަކެވެ. އަދި މި ރޭ ވެގެންދާނީ ޔަހޫދީންނަށް ބިރުވެރި، ހާސްކަމުގެ ރެޔަކަށް ކަމަށް އީރާނުގެ އިސް ފަރާތްތަކުން ވަނީ ބުނެފައެވެ. މި ދަޢުވާތަކުގެ ސަބަބުން މި ސަރަހައްދުގެ ސަލާމަތީ ކަންކަމަށް ކޮށްފާނެ އަސަރުތަކާމެދު ބައިނަލްއަޤްވާމީ ފަރާތްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނުގެ މި ހަމަލާތަކުން ދިފާއުވުމަށް އެމެރިކާއާއި އިޒްރޭލުން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އިޒްރޭލުގެ ދިފާއީ ނިޒާމުތަކާއި އެމެރިކާގެ އެހީތެރިކަމާއެކު ވެސް މިފަދަ ބޮޑު ހަމަލާތަކަކަށް ދިފާއުވުން ދަތިވެދާނެ ކަމަށް ބެލެވެއެވެ. އިސްރާއީލުގެ ރައްޔިތުންނަށް ވަނީ ސަލާމަތީ ހިޔާވަހިކަމަށް ދިއުމަށް އަންގާފައެވެ. އަދި އެ ޤައުމުގެ އެއަރސްޕޭސް ވެސް ވަނީ ބަންދުކޮށްފައެވެ.

އީރާނުން ދަޢުވާ ކުރާ ގޮތުގައި އެމެރިކާގެ އެއްވެސް ދިފާއީ ނިޒާމަކަށް ނުވަތަ އެހީތެރިކަމަކަށް މި ހަމަލާތައް ހުއްޓުވުމުގެ ކުޅަދާނަކަމެއް ނެތެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު