
ދުނިޔެ
އިޒްރޭލަށް މިއަދު އީރާނުން 1300 އަށް ވުރެ ގިނަ ހަމަލާ ދީފައި ވާކަމަށް އިޒްރޭލުން ހާމަކޮށްފި
ރރާޅު މީޑިއާ
April 5, 2026
އިޒްރޭލަށް މިއަދު އީރާނުން 1300 އަށް ވުރެ ގިނަ ހަމަލާ ދީފައި ވާކަމަށް އިޒްރޭލުން ހާމަކޮށްފިއެވެ. މިއީ އެއްދުވަހެއްގެ މައްޗަށް އީރާނުން މިހާ ގިނަ އަދަދެއްގެ ހަމަލާ ދިންކަމަށް އިޒުރޭލުން ރަސްމީކޮށް އެއްބަސްވި ފުރަތަމަ ފަހަރު ކަން ފާހަގަ ކުރެވެއެވެ. މިހަމަލާތައް ފޮނުވާފައި ވަނީ ޑްރޯން، ކްރޫޒް މިސައިލް އަދި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ.
މި ހަމަލާތަކާއި އެކު ވަނީ އެމެރިކާއިން އީރާނުގެ ހުރިހާ ހަތިޔާރެއް ހަލާކު ކޮށްލިކަމަށް ބުނާ ވާހަކައިގެ ދޮގުކަން ހާމަވެފައެވެ.



