
އިރާނަކީ މިއަދު ދުނިޔޭގެ ސުޕަރ ޕަވަރ: ދަތިކުރުމުގެ ފިޔަވަޅުތައް ނެތްނަމަ އެއްވެސް ގައުމަކަށް އަސްކަރީ ގޮތުން އިރާނާ ގާތްނުކުރެވޭނެ : މާހިރުން
އިސްރާއީލުގެ އަމާޒުތަކަށް އިރާނުން ފޮނުވާލާ މިސައިލްތައް 6 މިނެޓުގެ ތެރޭގައި ވާސިލުވާނެ ކަމަށް ބުނެވޭ ވާހަކައަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދާފައިވާ ކަމެކެވެ. މިއީ ސަރަހައްދީ ހަމަޖެހުމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކޭއިރު، އިރާނަކީ މިއަދު ދުނިޔޭގެ ސުޕަރ ޕަވަރ ކަމަށް ބުނާ ވާހަކަތަކާއެކު މިސަރަހައްދުގެ މުސްތަޤުބަލާ މެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ނެތްނަމަ އެއްވެސް ގައުމަކަށް އަސްކަރީ ގޮތުން އިރާނާ ގާތްކުރެވޭނެ ގައުމެއް ނޯންނާނެ ކަމަށް އަސްކަރީ މާހިރުންވެސް ގަބޫލު ކުރެއެވެ.
އިރާނުގެ އަސްކަރީ ކެޕޭބިލިޓީސްގެ ތެރެއިން މިސައިލް ޕްރޮގްރާމަކީ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔެވެ. އެގައުމުން މިސައިލްތައް ތަރައްޤީ ކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް، ބެލިސްޓިކް މިސައިލްތަކާއި ކްރޫޒް މިސައިލްތަކުގެ އިތުރުން ހައިޕަރސޮނިކް މިސައިލްތައް ތަރައްޤީ ކުރުމަށް އިރާނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.



