އިރާނުން އިސްރާއީލަށް ދެމުންގެންދާ މިސައިލް ހަމަލާތައް ވަރުގަދަކޮށް، މެދުކަނޑުމެއްނެތި ކުރިއަށް
ދުނިޔެ

އިރާނުން އިސްރާއީލަށް ދެމުންގެންދާ މިސައިލް ހަމަލާތައް ވަރުގަދަކޮށް، މެދުކަނޑުމެއްނެތި ކުރިއަށް

ރރާޅު މީޑިއާ
March 28, 2026

އިރާނުން އިސްރާއީލަށް ދެމުންގެންދާ މިސައިލް ހަމަލާތައް ވަރުގަދަކޮށް، މެދުކަނޑުމެއްނެތި ކުރިއަށް އެބަގެންދެއެވެ. މިފަހަރު ހަމަލަތައް ވަރުގަދަ ކުރުމުގަ ސަބަބެއް ކަމަށް އީރާނުން ބުނެފައިވަނީ އީރާނުގެ ސިނާއީ ތަންތަނަށް ހަމަލަ ދިނުމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.

އިސްރާއީލުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި، މި ހަނގުރާމައިން އެމެރިކާއާއި އިސްރާއީލު ބަލިވެފައިވާކަން މިހާރުން މިހާރަށް ގަބޫލުކުރަން ޖެހެއެވެ. ބިންގަރާސްތަކުގެ ތެރޭގައި ބިރުވެރިކަމާއެކު ދިރިއުޅެން ޖެހުމުގެ ސަބަބުން އެ ގައުމުގެ ޖާހިލު ރައްޔިތުން ވަނީ ނުހަނު ބޮޑަށް ނަފްސާނީވެ ވަރުބަލިވެ މާޔޫސްވެފައެވެ.

މިސައިލް ހަމަލާތަކުގައި ގިނަ ބަޔަކު މަރުވަމުންދާއިރު، މުޅި ގައުމަށް ވަނީ ބޮޑު ސިހުމަކާއި ބިރުވެރިކަމެއް ވެރިވެފައެވެ. އަދި ހާލަތު ގޯސްވުމުގެ ސަބަބުން މަރުވާ މީހުން ވަޅުލުމުގެ ފުރުސަތު ނުލިބޭ ކަމަށްވެސް އެމީހުން ބުނެއެވެ. އެ ގައުމުގެ ރައްޔިތުން ދަނީ "މިފަދަ ނުރައްކާތެރި ހާލަތެއްގައި ދެން އިތުރަށް ދިރިނޫޅެވޭނެ" ކަމަށް ބުނެ ހަނގުރާމަ ހުއްޓާލުމަށްއެދި ރޮއި އާދޭސްކުރަމުންނެވެ.

ނަމަވެސް އީރާނުގެ މެސެޖު ވަރަށް ސާފެވެ. އެމެރިކާއާއި އިޒްރޭލުން އެދިގެން ހަނގުާމަ ނުހުއްޓާނެ ކަމަށާއި މި ހަނގުާމަ ހުއްޓާނީ އެމެރިކާ އަދި އިޒްރޭލަށް ދެން ދުވަހަކުވެސް އީރާނާއި ދެކޮޅަށް އުދުވާނީ ހަމަލައެއް ދޭން ނުކުރޭވަރު ކޮށްފަ ކަމަށް އީރާނުންވަނީ ތަކުރާރުކޮށް ހާމަކޮށްފައި ވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު