އީރާނުން އިސްރާއީލަށް ހަމަލާތައް ވަރުގަދަކޮށްފި: ހަނގުރާމަ ނިންމާނީ އެމެރިކާއާއި އިޒްރޭލުން
ދުނިޔެ

އީރާނުން އިސްރާއީލަށް ހަމަލާތައް ވަރުގަދަކޮށްފި: ހަނގުރާމަ ނިންމާނީ އެމެރިކާއާއި އިޒްރޭލުން

ރރާޅު މީޑިއާ
April 2, 2026

މިދިޔަ ދުވަސްތަކުގައި މެދުއިރުމަތީގެ ހާލަތު ވަނީ ނުރައްކާތެރި މަރުހަލާއަކަށް ވާސިލުވެފައެވެ. ވަކިން ޚާއްސަކޮށް އީރާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރުން އިތުރުވެފައިވާއިރު، މިރޭވެސް އީރާނުން އިޒްރޭލުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދާކަމުގެ ރިޕޯޓުތައް ލިބެމުން އެބަދެއެވެ. މި ހަމަލާތަކާއެކު އީރާނުން ބުނެފައިވަނީ ހަނގުރާމަ ނިންމާނެ ފަރާތަކީ އީރާން ނޫން ކަމަށާއި، އެމެރިކާއާއި އިޒްރޭލް ކަމަށެވެ. މިއީ މުޅި ސަރަހައްދުގެ ސަލާމަތަށް ނުރައްކާތެރި އަސަރުތަކެއް ކުރުމުގެ ފުރުސަތު ބޮޑު ކަމެއްކަން ދުނިޔޭގެ މުޖުތަމަޢުން ދަނީ ފާހަގަކުރަމުންނެވެ.

އެމެރިކާ އިސްވެއޮވެ އީރާނަށް ދިން ހަމަލަތަކަކަށް ފަހު އީރާނުން އެތައް ސަތޭކަ ޑްރޯނާއި މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް ބޮޑު ހަމަލާއެއް ދިނެވެ. އަދި މެދުއިރުމަތީ ހުންނަ އެމެެިކާގެ އަސްކަރީ ބޭސްތައް އެކީހެން ހަލާކުކޮށްލިއެވެ. އެ ހަމަލާއަށް އެމެެރިކާ އާއި އިސްރާއީލުން ވެސް ރައްދު ދިނުމުން، ދެމެދުގައި ކުރިމަތިލުންތައް އިތުރުވަމުން ދަނީއެވެ. މިރޭގެ ހަމަލާތަކަކީ މި ކަންތައްތަކުގެ ތެރެއިން އީރާނުން ދިން ހަމަލާތަކެއް ކަމަށް ބެލެވެއެވެ.

އީރާނުގެ ސަރުކާރުގެ އިސްވެރިންނާއި އަސްކަރީ ކޮމާންޑަރުން ވިދާޅުވެފައިވަނީ، މި ހަނގުރާމަ ނިންމާނެ ފަރާތަކީ އީރާން ނޫން ކަމަށެވެ. އެބޭފުޅުންގެ ބަސްތަކުން ދޭހަވަނީ، އިސްރާއީލުންނާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓާލައި އަދި އީރާނުގެ ހުށަހެޅުންތަކަށް ބޯލެނބުމުން ނޫނީ ހަނގުރާމަ ނުހުއްޓޭނެ ކަމަށެވެ. މީގެ މާނައަކީ، އިސްރާއީލުން ދެމުންދާ ހަމަލާތަކަށް އީރާނުން ރައްދު ދެމުންދާނެ ކަމާއި، މެދުއިރުމަތީގެ ސުލްހަ އޮތީ އިސްރާއީލާއި އެމެރިކާގެ އަތުގައި ކަމަށް އީރާނުން ބުނާ ބުނުމެވެ. މިކަމަށް ޢަމަލުކުރުމަށް ދެފަރާތަށް ވެސް އެންމެ ރަނގަޅު ގޮތަކީ ކެތްތެރިކަން އިސްކުރުން ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލަމުން ދެއެވެ.

އަދި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ދަނީ އިސްރާއީލާއި އީރާނަށް ވެސް ބާރުއަޅަމުންނެވެ. ނަމަވެސް މިހާތަނަށް ވެސް މިފަދަ މަސައްކަތްތަކަށް ކާމިޔާބީއެއް ލިބިފައިވާކަމުގެ އަސަރެއް ނުފެނެއެވެ.

މެދުއިރުމަތީގައި ހަމަލާތައް އިތުރުވަމުންދާ މި ވަގުތަކީ، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެދާނެ ވަގުތެކެވެ. މި ހަމަނުޖެހުންތައް އިތުރުވެއްޖެނަމަ، ދުނިޔޭގެ އިޤްތިޞާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ވަކިން ޚާއްސަކޮށް ތެލުގެ އަގުތައް މަތިވެ، ކަނޑުގެ ދަތުރުފަތުރަށް ހުރަސްއެޅި، މުޅި ދުނިޔޭގެ ހަމަޖެހުމަށް ބުރޫއެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު