އީރާނުން ހަމަލާދިނުމަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ ލިސްޓު ފުޅާކޮށް، އެމެރިކާގެ އިގްތިސާދީ މަރުކަޒުތަކަށް
ދުނިޔެ

އީރާނުން ހަމަލާދިނުމަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ ލިސްޓު ފުޅާކޮށް، އެމެރިކާގެ އިގްތިސާދީ މަރުކަޒުތަކަށް

ރރާޅު މީޑިއާ
March 8, 2026

ފާރްސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން ހަމަލާދިނުމަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ ލިސްޓު ފުޅާކޮށް، އެމެރިކާގެ އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކުރުމަށް ވަނީ ނިންމާފަ.

އެ ނޫހުން ބުނެފައިވަނީ، އީރާނުގެ އަމާޒުތައް މިހާރު ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް ހަނިވެފައި ނެތް ކަމަށް. އޭގެ ބަދަލުގައި، މުޅި ސަރަހައްދުގައި ފެތުރިފައިވާ އެމެރިކާގެ އިގްތިސާދީ މުދާތަކާއި އިސްތިރާޖީ ގޮތުން މުހިންމު މަސްލަހަތުތައް ހިމެނޭހެން މި ލިސްޓު ވަނީ އިތުރަށް ފުޅާކޮށްފަ.

އެ މަސްދަރުން އިތުރަށް ހާމަކުރި ގޮތުގައި، އީރާނުގެ "ޓާގެޓް ބޭންކް" ނުވަތަ ހަމަލާދޭނެ ތަންތަނުގެ ލިސްޓަށް ވަނީ އަސާސީ ބަދަލުތަކެއް ގެނެސް އަދާހަމަކޮށްފަ. މީގެ ތެރޭގައި އެމެރިކާއާއި އިޒްރޭލުގެ މުހިންމު އިންވެސްޓްމަންޓްތަކާއި، ސަރަހައްދީ ގޮތުން އެ ގައުމުތަކަށް އެންމެ މުހިންމު މަސްލަހަތުތައް ހިމެނޭ ތަންތަން ހިމަނާފައިވޭ.

މި ނިންމުމުގެ ސަބަބުން، ތެޔޮ ކުންފުނިތަކަކީ ވެސް އީރާނުގެ އަމާޒުތަކަކަށް ވެގެންދާނެ ކަމަށް ބެލެވޭ. މީގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް އުފުލިގެންދާނެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު