
އީރާނުން ހޯރމުޒް ކަނޑުއޮޅި ބަންދުކޮށްފި: ކިޔަމަންނުވާ ބޯޓުތައް ފައްތާލާނަން
އީރާނުން ހޯރމުޒް ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާކަން ހާމަކޮށްފިއެވެ. މިކަން ހިނގާފައިވަނީ ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް ކުރެވުނު އެއްބަސްވުންތަކަށް އިޒްރޭލުން އަމަލުނުކުރުމާ ގުޅިގެންނެވެ. ހޯރމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު ނާރުތަކުގެ ތެރެއިން އެއް ނާރެވެ.
ފުރަތަމަ އެއްބަސްވީ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމުގެ އެއް މައިގަނޑު ޝަރުތަކީ، ލުބުނާން ވެސް ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކުން ހަނގުރާމަ ހުއްޓާލުމެވެ. ނަމަވެސް މި އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ވަނީ ފެށުނީއްސުރެ ލުބުނާނާއި އެގައުމުގެ ހިޒްބުﷲ ޖަމާއަތަށް ޙަމަލާދީފައެވެ. މިކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރާ، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ހީނަރުކަމެއް އައިސްފައިވެއެވެ. އީރާނުން ވަނީ މި ހަމަލާތައް ކުށްވެރިކޮށް، އެއީ އެއްބަސްވުންތަކާ ޚިލާފު ޢަމަލެއް ކަމަށް ސިފަކޮށްފައެވެ.
މިކަންކަމާ ގުޅިގެން އީރާނުން ދިން ބޮޑު ޕްރެޝަރގެ ސަބަބުން، ޒަޔަނިސްޓް އެންޓިޓީއަށް މަޖުބޫރުވީ ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާށެވެ. މި އެއްބަސްވުމުގެ ދަށުން، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ނިމެންދެން ހުރްމުޒް ކަނޑުއޮޅި ހުޅުވާފައި ބަހައްޓާގޮތަށް ހަމަޖެހުނެވެ، ޝަރުތަކީ ހުރިހާ ފަރާތަކުން ހަނގުރާމަ ހުއްޓާލުމަށް ދުޝްމަނުން ތަބާވެއްޖެނަމައެވެ. މި އެއްބަސްވުމަކީ ސަރަހައްދީ ހަމަޖެހުން ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކުނެވެ.
ނަމަވެސް، އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކަށް އަމަލުނުކުރުމުން، އީރާނުން މިހާރު ވަނީ ހުރްމުޒް ކަނޑުއޮޅި އަނެއްކާ ވެސް ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް މާހިރުން އަންދާޒާ ކުރެއެވެ. އީރާނުން ބުނާ ގޮތުގައި، މިހާރު އެ ކަނޑުއޮޅިން އެއްވެސް ބަޔަކަށް ވަދެ ނުކުމެވޭނީ އީރާނުގެ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހުގައި، ހުއްދަ ލިބިގެންވާ ގޮތުގައެވެ.
އީރާނުން ވަނީ އެމެރިކާގެ އަސްކަރީ އެއްވެސް އުޅަނދެއް ހުރްމުޒް ކަނޑުއޮޅިއަށް ވަނުން މަނާކޮށްފައެވެ. މިކަމަކީ ސީދާ އެމެރިކާއަށް ދިން އިންޒާރެކެވެ. އީރާނުގެ އިސް އޮފިޝަލުން ވަނީ މިކަމާ ގުޅިގެން ބުނެފައި ވަނީ، "ވަންނަ ކޮންމެ ބަޔަކު ފައްތާލަން އީރާނު އޮތީ ތައްޔާރަށް" ކަމަށެވެ. މިކަމުގެ ސަބަބުން އެމެރިކާއާއި އީރާނާ ދެމެދުގައި ހީވެސް ނުކުރާ ކަހަލަ ހަމަނުޖެހުމެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ހޯރމުޒް ކަނޑުއޮޅި ބަންދުކުރުމާއި އެމެރިކާގެ އަސްކަރީ ބާރުތަކަށް ވަނުން މަނާކުރުމުގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔެއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އީރާނުން ތަކުރާރުކޮށް ހާމަކުރީ މިހާލަތަކީ އެމެރިކާ އަމިއްލައަށް ލިބިގެން ހަލަތެއް ކަމުގައެވެ.



