
ޔޫއެސްއެސް އަބްރަހަމް ލިންކަން" އަށް ހަމަލާދީ ހަލާކުކޮށްލާފައިވާކަމަށް އީރާނުން ދަޢުވާކޮށްފި
އެމެރިކާގެ އަގުބޮޑު އަދި އެ ގައުމުގެ އަސްކަރިއްޔާގެ ފަޚުރުވެރި މަތިންދާ ބޯޓު އުފުލާ މަނަވަރު، "ޔޫއެސްއެސް އަބްރަހަމް ލިންކަން" އަށް ހަމަލާދީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާކަމަށް އީރާނު ސިފައިން ހާމަކޮށްފިއެވެ. އީރާނުގެ ފަރާތުން ބުނާ ގޮތުގައި، މިހާރު އެ މަނަވަރު އެނބުރި އެމެރިކާއަށް ދިއުމަށް މިސްރާބު ޖަހާފައިވާއިރު، މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އީރާނުގެ ސިފައިންގެ ތަރުޖަމާނަކު ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ އެތައް ބިލިޔަން ޑޮލަރުގެ މި މަނަވަރަށް ދިން ހަމަލާއަކީ އީރާނުގެ އަސްކަރީ ގާބިލުކަން ދައްކުވައިދޭ ހަމަލާއެއް ކަމަށެވެ. މީގެ ސަބަބުން މަނަވަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، އޭގެ ހަރަކާތްތައް ހުއްޓިފައިވާ ކަމަށާއި، މިހާރު އެ މަނަވަރު އެނބުރި އެމެރިކާއަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ވެއެވެ. މިކަމަށްޓަކައި އީރާނުން ބޭނުންކުރީ ކޮންފަދަ ހަތިޔާރެއްކަމެއް ނުވަތަ ހަމަލާދިނީ ކޮން ސަރަޙައްދަކުންކަމެއް އީރާނުން ހާމަކޮށްފައެއް ނުވެއެވެ.
އީރާނުން މިފަދަ ބޮޑު ދަޢުވާއެއް ކުރި ނަމަވެސް، އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓަގަން ނުވަތަ އެމެރިކާގެ ނޭވީއިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ހަމައެއާއެކު، މިކަން ދޮގުކޮށްފައެއްވެސް ނުވެއެވެ. މިފަދަ ހާދިސާއެއް ހިނގައިފިނަމަ އެމެރިކާގެ ފަރާތުން ރަސްމީ ބަޔާނެއް ނެރެ، ކަން ހިނގާދިޔަ ގޮތުގެ ތަފްޞީލުތައް ހާމަކުރުމަކީ އާންމުކޮށް ހިންގާ ކަމެއް ނޫނެވެ. ނަމަވެސް ފޮޓޯތަކާއި ވީޑިއޯތަކުން އީރާނުގެ ދައުވާ ތެދުކަން ސާބިތު ވެއެވެ.
އެމެރިކާ އަދި އީރާނާ ދެމެދު ސިޔާސީ އަދި އަސްކަރީ ގޮތުން ނާޒުކު ގުޅުންތަކެއް އޮންނަ އިރު، ޚާއްސަކޮށް މެދުއިރުމަތީގެ ސަރަޙައްދުގައި ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުންތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ދެ ގައުމުގެ އަސްކަރީ އުޅަނދުތައް ގިނައިން ހަރަކާތްތެރިވާ އިރު، މީގެ ކުރިންވެސް ކުދިކުދި ހާދިސާތައް ހިނގާފައިވެއެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، އީރާނުން ދަނީ އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތަކަކީ ހަމަނުޖެހުން އުފެއްދުމަށް ހިންގާ ހަރަކާތްތަކެއް ކަމަށް ބުނަމުންނެވެ.
ޔޫއެސްއެސް އަބްރަހަމް ލިންކަން އަކީ އެމެރިކާގެ ނޭވީގެ އެންމެ ބޮޑެތި އަދި އެންމެ ބާރުގަދަ މަތިންދާ ބޯޓު އުފުލާ މަނަވަރުތަކުގެ ތެރެއިން އެއް މަނަވަރެވެ. މި މަނަވަރަކީ 100އަށް ވުރެ ގިނަ މަތިންދާ ބޯޓާއި، ހެލިކޮޕްޓަރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ، އަދި އެތައް ހާސް ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ހުރި އުޅަނދެކެވެ. މިއީ އެމެރިކާގެ އަސްކަރީ ބާރުގެ ރަމްޒެއްގެ ގޮތުގައި ފެންނަ އުޅަނދެކެވެ. އީރާނާ ދެމެދު ހިނގަމުންދާ ކޯޅުންތަކާ ގުޅިގެން، ސަރަޙައްދަށް މި މަނަވަރު ފޮނުވާފައިވަނީ، އެމެރިކާގެ މަސްލަހަތު ރައްކާތެރިކުރުމާއި، ސަރަހައްދުެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަ ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. ނަމަވެސް މުރާސިލުން ވިދާޅުވާ ގޮތުގައި އެމެރިކާއިން އެމަނަވަރު ފޮނުވީ އީރާނަށް ބިރުދެއްކުމުގެ ގޮތުންނެވެ.
އީރާނުން ކުރި މި ދަޢުވާ ހަގީގަތަކަށް ވެއްޖެނަމަ، މިއީ އެމެރިކާގެ ދިފާޢީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ފިއްތުމަކަށް ވާނެއެވެ. ހަމައެހެންމެ، މުޅި ދުނިޔޭގެ ތެޔޮ ބާޒާރަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.
އީރާނުގެ ސިފައިން އެމެރިކާގެ "ޔޫއެސްއެސް އަބްރަހަމް ލިންކަން" މަނަވަރަށް ހަމަލާދީ ހަލާކުކޮށްލާފައިވާކަމަށް ކުރާ ދަޢުވާ އަކީ ސަރަޙައްދީ ހަމަޖެހުމަށް ބުރޫއަރާފަދަ ކަމެކެވެ. ނަމަވެސް، މިކަން އެމެރިކާގެ ފަރާތުން ކަށަވަރުކޮށްދީފައިނުވާތީ، މި މައުލޫމާތުގެ ހަގީގަތް ބަލާނެއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ހިތާމަވެރި ގުޅުމުގެ ސަބަބުން، މިފަދަ ދަޢުވާއެއްގެ ސީރިއަސްކަން އިތުރުވެގެންދެއެވެ.



