
އީރާނުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނަގަން ފަށައިފިއެވެ
އީރާނުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނަގަން ފަށާފައިވާ ކަމަށް ބްލޫމްބާގުން ރިޕޯޓްކޮށްފިއެވެ. މި ނިޒާމަކީ އެގައުމުން ހިންގާ “ޓޯލްބޫތެއް” ފަދަ ނިޒާމެއް ކަމަށް ބްލޫމްބާގުން ފާހަގަކޮށްފައިވެއެވެ. ދުނިޔޭގެ ތެޔޮ އުފެއްދުންތެރިކަމުގެ ބޮޑުބައެއް ދަތުރުކުރާ މަގަކީ މި ކަނޑުއޮޅިންނެވެ
ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ ނިޒާމުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ލިބެނީ ހަމައެކަނި އީރާނާ ގާތް ގުޅުމެއް ބާއްވާ ގައުމުތަކުގެ އުޅަނދުތަކަށެވެ. މިފަދަ ހުއްދައެއް ހޯދުމަށް ދަތުރުކުރަން ބޭނުންވާ އުޅަނދުފަހަރުން ވަކި އުސޫލުތަކަކަށް އަމަލުކުރަން ޖެހެއެވެ. އޭގެ ތެރޭގައި އީރާނުގެ ރިވޮޮލިއުޝަނަރީ ގާޑް (އައި.އާރް.ޖީ.ސީ) އާ ގުޅުންހުރި މެދުވެރިއަކަށް އުޅަނދުގެ މިލްކުވެރިކަމާއި އުޅަނދުގައި ހުންނަ މުދަލުގެ ތަފްސީލު ހުށަހެޅުން ހިމެނެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ހުށަހަޅާފައިވާ ތަފްސީލުތަކުގެ ބެކްގްރައުންޑް ޗެކްތަކަށްފަހު، ދަތުރުކުރުމުގެ ފީއެއްގެ ގޮތުގައި ތެޔޮ ޓޭންކަރުތަކުން ކޮންމެ ތެޔޮ ފީފާއަކަށް ގާތްގަނޑަކަށް 1 ޑޮލަރުގެ ރޭޓުން ފީ ނަގާ ކަމަށްވެއެވެ. މިއީ ތެޔޮ އުފެއްދުންތެރިކަމުގެ ގިނަ އަދަދެއް ދަތުރުކުރާ ކަނޑުއޮޅިއެއް ކަމުން، އީރާނަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ގޮތެކެވެ. މި ފައިސާ ދައްކަންޖެހެނީ ޗައިނާގެ ޔުއާން ނުވަތަ ކްރިޕްޓޯ ކަރަންސީ (ސްޓޭބަލް ކޮއިން) ބޭނުންކޮށްގެންނެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އެއްކިބާވެ، އެގައުމުގެ އިޤްތިޞާދަށް ފައިދާ ހޯދުމަށް އީރާނުން ކުރާ ރަނގަޅު މަސައްކަތެއް ކަމަށް ބެލެވެއެވެ.



