
އީރާނުން ދިން 24 ގަޑިއިރު ހަމަވުމުން އީރާނާއި ޙިޒްބުﷲ ގުޅިގެން ޓެލްއަވީވް އަށް ވަރުގަދަ ހަމަލާތަކެއް
އީރާނުން އިޒުރޭލަށް ދިން ސައުވީސްގަޑިއިރު ހަމަވުމާއި އެކު، މިސައިލާއި ޑްރޯނުން ޓެލްއަވީވް އަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާތައް ދެމުން ގެންދަނީ އިޒުރޭލުގެ ވެރިރަށް ޓެލްއަވީވްގެ އުތުރަށާއި މެދުތެރެއަށެވެ. މެދުއިރުމަތީގައި ހަނގުރާމަ މިހާރު ތިންވަނަ ހަފްތާއަށް ވަދެފައިވާއިރު، މި ފަހުގެ ހަމަލާތަކަކީ ކުރިން ދިން ހަމަލަތަކަށްވުރެ އެތައް ގުނައެއް ވަރުގަދަ ހަމަލަތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުން މިހަމަލާތައް ދެމުން ގެންދަނީ އިޒުރޭލުގެ ފަރާތުން އީރާނުގެ މަސްލަހަތުތަކަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އީރާނުން ބުނެއެވެ. މީގެ ކުރިން އިޒުރޭލާއި އަދި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އީރާނުން ވަނީ ޑްރޯން އާއި މިސައިލް ހަމަލާދީ ބަދަލު ހިފާފައެވެ. މި ހަމަލާތައް ބެލެވެނީ ދެފަރާތުން ދެމުންގެންދާ ހަމަލާތަކުގެ ދިގު ސިލްސިލާއެއްގެ ކަމުގައެވެ. ހާލަތު މިހާރު ހޫނުވެފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި ކުރިމަތިވެފައިވާ ހަމަ ނުޖެހުންތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
ރޭގެ ހަމަލަތައް އަމާޒުކުރީ ޓެލްއަވީވް އަށާއި އިޒުރޭލުން ހިފާފައިވާ ސަރަޙައްދުތަކަށެވެ. މީގެ ތެރޭގައި އިޒުރޭލުގެ އަސްކަރީ މުހިންމު ބައެއް މަރުކަޒުތައް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާތައް ދެމުން ގެންދަނީ ލުބުނާނަށް ނިސްބަތްވާ ޙިޒްބުﷲ ޖަމާޢަތާއި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (IRGC) އިން ގުޅިގެންނެވެ. ހަމަލާތަކުގައި ބޭނުންކުރި ޑްރޯންތަކާއި މިސައިލްތަކުގެ އަދަދާއި ބާވަތުގެ ތަފްސީލުތައް އަދި ސާފެއް ނުވެއެވެ. ނަމަވެސް، އިޒުރޭލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޓެލްއަވީވްގެ އެކި ސަރަހައްދުތަކުން ގިނަ އަޑުތަކެއް އިވިފައިވާއިރު،ބޮޑެތި ފަނާކުރަނިވި ގެއްލުން ލިބިފައިވާ ކަމަށް ވެއެވެ. އިޒުރޭލުގެ ދިފާޢީ ނިޒާމުތަކުން މި ހަމަލާތަކަށް ރައްދުދީފައިވީ ނަމަވެސް، އެ ހަމަލަތައް ހުއްޓުވުމަށް އެ ނިޒާމުތަކަށް ކުޅަދާނަވެފައި ނުވާކަމަށް ވެއެވެ.
އީރާނާއި ހިޒްބުﷲ ގުޅިގެން ދިން މި ވަރުގަދަ ހަމަލާތަކުގެ ސަބަބުން މިހާރަށްވުރެ ބޮޑެތި ކުރިމަތިލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ސިޔާސީ މުޙައްލިލުން ބުނެއެވެ.
އީރާނުންވަނީ މުޅި އިޒްރާއީލް ފަނާކޮށްލާނެ ކަމުގެ ބިރުވެރި އިންޒާރެއް އޫރު ޔަހޫދީންނަށް ދިީފައެވެ



