ޝަހީދަކަށް 10 މުޖާހިދުން ނިކުންނާނެ: މަރަކަށް މަރެއް: ހަމަލަދިން އެއްޗަކުން އެއަށްވުރެ ވަރުގަދަ ހަމަލައެއް ދޭނަން: އީރާން
ދުނިޔެ

ޝަހީދަކަށް 10 މުޖާހިދުން ނިކުންނާނެ: މަރަކަށް މަރެއް: ހަމަލަދިން އެއްޗަކުން އެއަށްވުރެ ވަރުގަދަ ހަމަލައެއް ދޭނަން: އީރާން

ރރާޅު މީޑިއާ
March 18, 2026

އެމެރިކާއާއި އިޒްރާއީލަށް އީރާން ބަލިކޮށްލެވެން އޮތީ އިންސާނިއްޔަތަށް ބެލުމެއް ނެތި، ފަނާކުރަނިވި ވިހަ ކެމިކަލުންނާއި ނިއުކުލިއަރ ހަތިޔާރުން ހަމަލަދީ އީރާނުގެ އެތައް މިލިޔަން މުސްލިމުން އެއްފަހަރާ ޝަޙީދުކޮށްލުމެވެ. އަދި އީރާނުގެ ބިން އަންދާ އަޅިޔަށް ހަދާލުމެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ އެއްވެސް ހަމައެއް-ލަމައެއް ނެތް، ލާހޫރޭ ވެރިއެއްކަމާއި އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަކީ އިންސާނިއްޔަތުގެ ދުޝްމަނެއްކަން ދުނިޔޭގެ ގިނަ ރައްޔިތުން މިހާރު ގަބޫލު ކުރެއެވެ.

މި ދެބޭފުޅުން އީރާންއާމެދު ގެންގުޅުއްވާ ނޭއްގާނީ އަމަލުތަކުގެ ސަބަބުން އީރާނަށް ސަލާމަތެއް ނެތެވެ. ފާއިތުވި އަހަރުތަކުގައ ކަންހިނގާފައިވާގޮތުން ފެންނަން އޮތީ އީރާނުން ކަމެއްގައި ދޫދިނަސް އަދި ނުދިނަސް ނުވަތަ މަޝްވަރާގެ މޭޒުގައި އީރާންގެ އެއްބާރުލުން ކިތައްބޮޑަށް އޮތަސް، އީރާނާމެދު އެމެރިކާ އާއި ހުޅަނގުން ރަނގަޅު އެއްކަމެއްވެސް ކޮށްފައި ނުވާކަމެވެ.

މިހާރު ކުރެވެމުންދާ ހަނގުރާމަ ހުއްޓާލިޔަސް މީގެ ދުވަސްތަކެއް ފަހުން އަލުން އުދުވާން ނުހިންގާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އިޒްރާއީލުގެ ވެރިންނަކީ މިހާތަނަށް ދުވަހަކުވެސް ބަހުގެ އިތުބާރެއް އޮތް ބައެއް ނޫނެވެ.

އެހެންކަމުން އީރާނަށް މިހާރު އޮތީ ގައުމުގެ ސަލާމަތަށްޓަކައި ނިއުލިއަރ ހަތިޔާރު އުފެއްދުން ކަމަށް އީރާނުގެ އިސްވެރިން ދެކިލައްވައެވެ.

މެދުއިރުމަތީގެ ބިންތައް ފޭރިގެން 'ދަ ގްރޭޓާރ އިޒްރާއީލް" އުފެއްދުމަށް އެމެރިކާއާއި އިޒްރޭލް ގެންގުޅޭ މަކަރުވެރި ރޭވުން ހުއްޓުވުމަށްވެސް އިސްލާމީ އުއްމަތުގައި އޮތީ އީރާން އެކަންޏެވެ. ބާކީ މުސްލިމް ގައުމުތައް އޮތީ ގަދަ ނިދީގައެވެ. އެވެރިންނަށް ދުނިޔޭގެ ލައްޒަތު ނޫން އެއްޗެއް ނުވާކަމަށާއި ހޭވެރިކަމެއް ވާނީ އިޒްރާއީލުން އެގައުމުތައް އަތްދަށުލާފަހުން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މިސަބަބުތަކާ ހުރެ އީރާނުން ދިފާއުގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ ދުރުކަމެއް ނޫންކަމަށް ރިޕޯޓްތަކުން ހާމަވެއެވެ.

އީރާންގެ ޚާރިޖީ ވަޒީރު ތަކުރާރުކޮށް އެ ވިދާޅުވަމުން ގެންދަވަނީ އީރާންއަތުގައި ދުނިޔެއަށް ދިނުމަށް ވަރަށް ގިނަ 'ސަޕްރައިޒް' އެބަހުރި ކަމަށެވެ.

މިކަމަށް ރިއާޔަތް ކޮށް ގިނަ ބަޔަކު މިހާރު ޤަބޫލު ކުރަނީ އީރާން އަތުގައި ސިއްރުން ނަމަވެސް ދިފާއުގައި ކޮންމެވެސް މިންވަރަކަށް ނިއުކްލިޔަރ ހަތިޔާރު ވާކަމަށެވެ.

އިސްލާމީ ގައުމުތަކުގެ 'މުނާފިޤު' ވެރިން ފިޔަވައި އުއްމަތުގެ ހުރިހާ މުސްލިމުންގެ ދުޢާއަކީ މި ހަނގުރާމާގައި އީރަށް ނަސްރު ލިބުމެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު