އިރާނުގެ ސައިންޓިސްޓު ޑރ. ސައީދު ޝަމްގަދާރީ ޢާއިލާއާއެކު ޝަހީދުކޮށްލި ހަމަލާއަށް ބައިނަލްއަޤްވާމީ ފާޑުކިޔުންތައް
ދުނިޔެ

އިރާނުގެ ސައިންޓިސްޓު ޑރ. ސައީދު ޝަމްގަދާރީ ޢާއިލާއާއެކު ޝަހީދުކޮށްލި ހަމަލާއަށް ބައިނަލްއަޤްވާމީ ފާޑުކިޔުންތައް

ރރާޅު މީޑިއާ
March 24, 2026

އިރާނުގެ މަޝްހޫރު ސައިންޓިސްޓެއް ކަމަށްވާ ޑރ. ސައީދު ޝަމްގަދާރީ، އޭނާގެ ޢާއިލާއާއެކު އަވަހާރަކޮށްލާފައިވާކަމުގެ ޚަބަރުތަކަކީ ގިނަ ފަރާތްތަކަށްވެސް ކުއްލި ސިހުމެއް ގެނުވި ހާދިސާއެކެވެ. މި ލާއިންސާނީ އަމަލުގެ ފަހަތުގައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލެވެ. މި ހާދިސާ އަކީ ސަރަހައްދީ ހަމަޖެހުމަށް އިތުރު ނުރައްކަލެއް ކުރިމަތިކުރުވާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުންދެއެވެ.

ޑރ. ސައީދު ޝަމްގަދާރީ އަވަހާރަކޮށްލާފައިވަނީ އޭނާ ދިރިއުޅޭ ގެޔަށް ބޮންއަޅައި ހިންގި ވަރަށް ނުރައްކާތެރި ހަމަލާއެއްގައެވެ. މި ހަމަލާގެ ސަބަބުން ޑރ. ސައީދާއި އޭނާގެ ދަރިން ވަނީ ޝަހީދުކޮށްލާފައެވެ. އޭނާ ދިރިއުޅުނު އަވަށުގެ ގިނަ ބައެއް ވަނީ މުޅިން ސުންނާފަތިވެފައެވެ. އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބި، އެމީހުންގެ ގެދޮރު ގެއްލިފައިވާއިރު، މި ހަމަލާގެ ބިރުވެރިކަން އަވަށްޓެރި އެހެން ސަރަހައްދުތަކުންވެސް ވަނީ ފެނިފައެވެ. މަދަނީ ސަރަހައްދެއްގައި، އެއްވެސް ދިފާއެއްނެތް އާންމުންނަށް އަމާޒުކޮށް ހިންގި މިފަދަ ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ޑރ. ސައީދު ޝަމްގަދާރީ އަކީ އިރާން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ އިލެކްޓްރިކަލް އިންޖިނިއަރިންގް ދާއިރާގެ މަޝްހޫރު ޕްރޮފެސަރެކެވެ. އޭނާއަކީ އިލްމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްފައިވާ ހުނަރުވެރި ސައިންޓިސްޓެކެވެ. އޭނާގެ ވަކިވުމަކީ އިރާނުގެ އިލްމީ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެކެވެ. އޭނާގެ ދަރިންނާއެކު، އާންމު ރައްޔިތަކަށް މިފަދަ ހަމަލާއެއް ދިނުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ސިޔާސީ މާހިރުން ބުނެއެވެ.

މި ހަމަލާގެ ފަހަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ރޯލެއްވާކަމަށް އިރާނުގެ ރަސްމީ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ. އިރާނާއި ހުޅަނގުގެ ޤައުމުތަކާ ދެމެދު ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި، މިފަދަ ހަމަލާއެއް ހިނގުމަކީ ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެ، ހަނގުރާމަ އިތުރަށް ހޫނުވެދާނެ ކަމުގެ ކަންބޮޑުވުން ބޮޑުވެގެންދާ ކަމެކެވެ. މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ހަމަލާގެ ތަހުގީގުކުރުމަށް ގޮވާލާފައެވެ.

ގިނަ ޤައުމުތަކުން މި ހަމަލާ ކުށްވެރިކޮށްފައިވާއިރު، އާންމުންގެ ފުރާނަ ސަލާމަތްކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އިންސާނިއްޔަތާ ޚިލާފު މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި ޤާނޫނުތައް ހަރުދަނާކުރަން ޖެހިފައިވާކަން މި ހާދިސާއިން ހާމަވެގެންދެއެވެ. މިފަދަ ހަމަލާތަކުން ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ދިމާވެދާނެ ނުރައްކަލާމެދު އެންމެންވެސް ސަމާލުވާންޖެހެއެވެ.

މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައި، ކުށްވެރީންނަށް ހައްގު އަދަބު ދިނުމަށް އިރާނުގެ ރަސްމީ ފަރާތްތަކުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައެވެ. އަދި މިފަދަ ލާއިންސާނީ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެދިފައިވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު