ހިޒްބުﷲ އިން އިޒްރޭލުން ހިފައިފައިވާ ސަރަޙައްދުތައް އަލުން ހިފައި، ގިނަ ޔަހޫދީ ފުލުހުން ހައްޔަރުކޮށްފި
ދުނިޔެ

ހިޒްބުﷲ އިން އިޒްރޭލުން ހިފައިފައިވާ ސަރަޙައްދުތައް އަލުން ހިފައި، ގިނަ ޔަހޫދީ ފުލުހުން ހައްޔަރުކޮށްފި

ރރާޅު މީޑިއާ
March 31, 2026

ތާރީޚީ އޮޕަރޭޝަނެއްގައި ހިޒްބުﷲ އިން އިޒްރޭލުގެ ސަރަޙައްދުތައް ހިފައިފި

ތާރީޚު ބަދަލުވެއްޖެއެވެ. އިޒްރޭލުން ފޭރިގަނެ، ދިގު މުއްދަތެއްގައި ހިފާފައިވާ ލުބުނާނުގެ ސަރަޙައްދުތަކުގެ ކޮންޓްރޯލް، ލުބުނާނުން އަލުން ހޯދައިފިއެވެ. މެދުއިރުމަތީގެ ސިޔާސީ ކަންކަމުގައި އާ މޮޑިއުލެއް ފެށިގެން ދިޔަކަމަށް ބެލެވޭ މި ހާދިސާގައި، ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ވަނީ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި، ހިޒްބުﷲ އިން އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ އުތުރުގެ ބޮޑެތި ސަރަޙައްދުތަކުގެ ކޮންޓްރޯލް އަނބުރާ ހޯދައި، އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، އިޒްރޭލުގެ ގިނަ އަސްކަރީ މަރުކަޒުތަކަށް ޑްރޯނާއި މިސައިލުން ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް ވަނީ ހާމަވެފައެވެ.

ހިޒްބުﷲ ގެ އެންމެ ވަރުގަދަ އަސްކަރީ ބްރިގޭޑް ކަމަށްވާ ރިޒްވާން ބްރިގޭޑުން ވަނީ އިޒްރޭލުގެ 28 ސިފައިން ކުއްލި ޙަމަލާއެއްގައި ހައްޔަރުކޮށް، އެމީހުން އަސީރުކޮށްފައެވެ. މި ސިފައިން ހައްޔަރުކޮށްފައިވަނީ އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގެ ވަރަށް އެތެރެއަށް ވަދެ ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިންނެވެ. މީގެ އިތުރުން، ހިޒްބުﷲ ގެ ކާމިޔާބު އޮޕަރޭޝަންތަކުގައި ވަނީ ފަލަސްޠީނުގެ އުތުރުގެ ގަލީލީ ސަރަޙައްދުގެ ވަރަށް އެތެރެއަށް ވެސް ވަދެފައެވެ. މި އޮޕަރޭޝަންގައި، ހިޒްބުﷲ އިން ވަނީ ގަލީލީ ސަރަޙައްދުގައި ހުންނަ އިޒްރޭލުގެ ތިރީހަށް ވުރެ ގިނަ އަސްކަރީ އައުޓްޕޯސްޓްތައް ހިފައި، އެތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މި ހިފުންތަކަކީ އިޒްރޭލުގެ ދިފާޢީ ނިޒާމުގެ ބަލިކަށިކަން ހާމަކޮށްދިން ކަމެއްގެ ގޮތުގައި މުޙައްލިލުން ދެކެއެވެ. ސަރަޙައްދީ ރޮނގުގައި އިޒްރޭލުގެ ދިފާޢީ އިންތިޒާމުތައް ހުސްކޮށްލާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

އިޒްރޭލުގެ ސަރަޙައްދުތަކަށް އެތެރެވުމުގެ އިތުރުން، ހިޒްބުﷲ އިން ވަނީ ޑްރޯނާއި، މިސައިލުން ބޮޑެތި ޙަމަލާތަކެއް ވެސް ދީފައެވެ. މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ފަލަސްޠީނުގެ އުތުރުގެ ގަލީލީ ސަރަޙައްދާއި، އިޒްރޭލުން ހިފާފައިވާ ސީރިޔާގެ ގޯލާން ހައިޓްސްއާއި، ސަފާދުއާއި، ނަހަރިޔާއާއި އަދި ކިރިޔަތު ޝްމޯނާގެ މުހިންމު ސަހަރުތަކަށެވެ. މި ސަހަރުތަކަކީ އިޒްރޭލުގެ އަސްކަރީ ގިނަ މަރުކަޒުތަކެއް ހުންނަ އަދި ލުބުނާނުގެ ސަރަޙައްދީ އިމުގެ ކައިރީގައި ހުންނަ ރައްކާތެރި ކަމަށް ބެލެވޭ މުހިންމު ސަރަޙައްދުތަކެކެވެ. ހިޒްބުﷲ ގެ ޙަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ސަރަޙައްދީ އިމުގެ ކައިރީގައި ހުންނަ އަސްކަރީ މަރުކަޒުތަކަށާއި، އަދި އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ގިނަ އަވަށްތަކަށެވެ. މި ޙަމަލާތަކުގެ ސަބަބުން، އިޒްރޭލުގެ އަސްކަރީ ބަޑިގުދަންތަކަށާއި މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އަސްކަރީ ބާރުތަކަށް ނުހަނު ބޮޑު ގެއްލުމެއް ލިބިފައިވެއެވެ.

ހިޒްބުﷲ އިން ދިން ޙަމަލާތަކުގެ ސަބަބުން، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތައް ސަތޭކަ ބަޔަކު މަރުވެ، އަދި އެތައް ހާސް ބަޔަކަށް ބޮޑެތި އަނިޔާ ލިބިފައިވެއެވެ. ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް ނޫންކަމަށްވާއިރު، ރައްޔިތުންގެ ގިނަ ގެދޮރާއި، އާންމު ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މިކަމުގެ ސަބަބުން، އިޒްރޭލުގެ އުތުރުގެ ސަރަޙައްދުތަކުން އެތައް ހާސް ރައްޔިތުން ވަނީ އެމީހުންގެ ގޯތި ގެދޮރު ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ. މި ހާދިސާގެ ސަބަބުން އިޒްރޭލުގެ އުތުރުގެ ސަރަޙައްދުގައި ބޮޑު ހަލަބޮލިކަމެއް އުފެދިފައިވާ އިރު، ހާލަތު ކޮންޓްރޯލް ކުރުމަށް އިޒްރޭލުގެ ސަރުކާރަށް ނުހަނު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ބެލެވެއެވެ. ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ދެވަނަ ފަހަރަށް ނުވަތަ ތިންވަނަ ފަހަރަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ހިޒްބުﷲ އިން މި ދިން ޙަމަލާތަކުގެ ސަބަބުން، އިޒްރޭލުގެ ދިފާޢީ ނިޒާމުގެ ބަލިކަށިކަން ހާމަވެގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ލުބުނާނުގެ ސަރަޙައްދީ ބޯޑަރުގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި އިޒްރޭލުން އަޅާފައިވާ ފިޔަވަޅުތައް ނެތިކޮށްލުމަށް ހިޒްބުﷲ އަށް މި އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށް ގަބޫލުކުރެވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު