
ޙިޒްބުﷲ އިން އިޒްރޭލުން ހިފާފައިވާ ސަރަޙައްދުތައް އަލުން އަތުލައިފި ކަމަށް ބުނެފި: ވާދަވެރި ހަމަލާތައް ކުރިއަށް
ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުން އިޒްރޭލުން ހިފާފައިވާ ލުބުނާނުގެ ސަރަޙައްދުތައް އަލުން ހިފާފައިވާ ކަމަށް ބުނެފި އެވެ. މިކަން އެ ޖަމާޢަތުގެ ވެރިޔާ ނަޢީމް ޤާސިމް ހާމަކުރައްވާފައި ވާއިރު، އިޒްރޭލުގެ ރަސްމީ މީޑިއާ ރިޕޯޓުތަކުން ވެސް މިކަން ވަނީ ހާމަކޮށްފަ އެވެ. މި ކުއްލި ހަމަލާގައި އެތައް އިޒްރޭލު ސިފައިންނެއް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޙިޒްބުﷲ އިން ބުނެ އެވެ.
ޙިޒްބުﷲގެ ވެރިޔާ ނަޢީމް ޤާސިމް ދެއްވި ބަޔާނެއްގައި ވަނީ މުޅި މުސްލިމު އުއްމަތަށް މުބާރިކުބާދީ ފޮނުއްވާފަ އެވެ. އޭނާ ވިދާޅުވީ، އިޒްރޭލުން ލުބުނާނުގެ ބިމަށް ގަދަބާރުން ވަދެ ހިފާފައިވާ ސަރަޙައްދުތައް ޙިޒްބުﷲގެ ސިފައިން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަލުން ހިފައިގެންފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި އިޒްރޭލުގެ ގިނަ ޢަދަދެއްގެ ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.
ޤާސިމް ވިދާޅުވީ، މިއީ އަނިޔާ ލިބެމުން އަންނަ ފަލަސްޠީނު ރައްޔިތުންނަށް ލިބުނު ފަތަޙަ އެއް ކަމަށާއި، މުޅި އިސްލާމީ އުއްމަތަށް ލިބުނު ފަތަޙަ އެއް ކަމަށެވެ.



