ހިޒްބުﷲގެ ހަމަލާތައް  ވަރުގަދަވެ އިޒުރޭލު ޖެޓުތަކަށް  ހަމަލަދެނީ
ދުނިޔެ

ހިޒްބުﷲގެ ހަމަލާތައް ވަރުގަދަވެ އިޒުރޭލު ޖެޓުތަކަށް ހަމަލަދެނީ

ރރާޅު މީޑިއާ
April 5, 2026

ލުބުނާނުގެ ހަނގުރާމަވެރި ޖަމާޢަތް، ހިޒްބުﷲ އިން އިޒުރޭލާ ދެކޮޅަށް ދެމުންދާ ހަމަލާތައް އާދަޔާޚިލާފަށް ވަރުގަދަވެ، މި ހަމަލާތަކުގެ ތެރެއިން އިޒުރޭލުގެ ޖެޓުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް ހިޒްބުﷲ އިން ބުނެފިއެވެ. އިޒުރޭލާއި ލުބުނާނުގެ ސަރަހައްދީ ބޯޑަރުގައި މީގެ ކުރިން ވެސް ހަމަނުޖެހުންތައް ހިނގާފައިވާއިރު، ޖެޓަކަށް އަމާޒުކޮށް ހަމަލާދިނުމަކީ މި ދެމެދުގައި ހަނގުރާމަ ހޫނުވެގެންދާނެ ކަމުގެ ސިގްނަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުބުނާނަށް ބޮން އަޅަން ޙަރަކާތްތެރިވަމުން ދިޔަ އިޒުރޭލުގެ ޖެޓަކަށް އެ ޖަމާޢަތުން ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާ ދީފައިވަނީ ކޮން ސަރަޙައްދަކުން ކަމެއް ނުވަތަ ޖެޓަށް ލިބުނު ގެއްލުމެއްގެ ތަފްޞީލެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވައިގެ އުދުހޭ އުޅަނދަކަށް ހަމަލާދިނުމުގެ ޤާބިލިއްޔަތު ހިޒްބުﷲ އަށް ލިބިފައިވާކަން މި ކަމުން ދައްކުވައިދެއެވެ. މިއީ އިޒުރޭލުގެ ވައިގެ ސިފައިން ލުބުނާނުގެ ވައިގެ ސަރަޙައްދުގައި ކުރާ އޮޕަރޭޝަންތަކަށް ބޮޑު ގޮންޖެހުމެކެވެ.

މި ހަމަލާއަށް ފަހު، ހިޒްބުﷲ އިން ދެމުންދާ ހަމަލާތަކުގެ ބާވަތާއި ވަރުގަދަކަން ވަނީ އިތުރުވެފައެވެ. ކުރިން މައިގަނޑު ގޮތެއްގައި ރޮކެޓާއި ޑްރޯން ބޭނުންކޮށްގެން ދެމުންދިޔަ ހަމަލާތަކުގެ އިތުރަށް، ދެން މިހާރު އިޒުރޭލުގެ ޖެޓުތަކަށް ވެސް އަމާޒުކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. މިކަމުގެ ސަބަބުން އިޒުރޭލުގެ ދިފާއީ ނިޒާމަށް އިތުރު ބުރައެއް އުފުލި، ސަރަހައްދުގެ ހަމަނުޖެހުންތަކުގެ މިންވަރު މަތިކުރުވާނެ ކަމަށް ބެލެވެއެވެ. ހިޒްބުﷲ އިން މި ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ، އީރާނަށް އަދި ހިޒްބުﷲ އާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ބަދަލު ކުރަމުން އަންނަ ހަމަލަތަކުގައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު