އީރާނާ ދެކޮޅު ހަނގުރާމަ ހުއްޓާލުމުން އެމެރިކާ-އިޒްރޭލް ގުޅުމަށް ބޮޑު ގޮންޖެހުމެއް:  އިޒްރޭލުން  ބޭނުންވި  އެއްވެސް  ކަމެއް  ހާސިލް  ނުކުރެވުނު
ދުނިޔެ

އީރާނާ ދެކޮޅު ހަނގުރާމަ ހުއްޓާލުމުން އެމެރިކާ-އިޒްރޭލް ގުޅުމަށް ބޮޑު ގޮންޖެހުމެއް: އިޒްރޭލުން ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުކުރެވުނު

ރރާޅު މީޑިއާ
April 8, 2026

އީރާނާ ދެކޮޅު ހަނގުރާމަ ހުއްޓާލުމުން އެމެރިކާ-އިޒްރޭލް ގުޅުމަށް ބޮޑު ގޮންޖެހުމެއް: ޓްރަމްޕްގެ ސިޔާސީ މުސްތަގުބަލަށް ސުވާލު

އިއްޔެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ އެއްވެސް ކަމެއް ހާސިލުނުވެ ހުއްޓާލުމަށް ނިންމެވުމާއެކު، މެދުއިރުމަތީގެ ސިޔާސީ މަސްރަހަށް އާ ބަދަލުތަކެއް އަންނަން ފަށައިފިއެވެ. މި ނިންމުމަކީ އެމެރިކާއާއި އެމެރިކާގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށްވާ އިޒްރޭލާ ދެމެދުގައި ބޮޑު ދެބަސްވުމެއް އުފައްދާފައިވާ ކަމެއްކަމަށް ސިޔާސީ މާހިރުން ދަނީ ބުނަމުންނެވެ. އިޒްރޭލުން ބޭނުންވަނީ އީރާނާ ދެކޮޅަށް ހަނގުރާމަކޮށް އެގައުމު މުޅިން ފަނާކޮށްލުމަށް ކަމަށްވާއިރު، ޓްރަމްޕަށް ހަނގުރާމަ ހުއްޓާލުމަށް މަޖުބޫރުވެފައިވަނީ އެމެރިކާގެ އެތެރޭގެ ސިޔާސީ ޕްރެޝަރުތަކާއި ކުރިއަށް އޮތް އިންތިހާބަށް އޭނާ ކުރައްވާ އުންމީދުތަކުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމާއި، ދެ ގައުމުގެ ގުޅުމުގެ މުސްތަގުބަލާ މެދު ސުވާލުތަކެއް އުފެދިފައިވާކަން ފާހަގަކޮށްލެވެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް ރައީސް ޓްރަމްޕަށް މަޖުބޫރުވީ އެއްވެސް ވަރުގަދަ ކާމިޔާބީއެއް ނުލިބި ހަނގުރާމަ ދިގުދެމިގެން ދިޔުމާއެކު، އެމެރިކާގެ އާންމުންގެ ތެރެއިންނާއި ކޮންގްރެސްގެ ތެރެއިން އެކަމާ ދެކޮޅަށް އާދެވުނު ބޮޑެތި ޕްރެޝަރުތަކުގެ ސަބަބުންނެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބު ހޯދުމަށް ޓްރަމްޕަށް އެތެރޭގެ ތާއީދު ހޯދުން ވަރަށް މުހިންމެވެ. ދިގުދެމިގެންދާ އަދި ނަތީޖާއެއް ނުނިކުންނަ ހަނގުރާމަތަކަކީ އެމެރިކާގެ އާންމުންގެ ތެރޭގައި އެހާ މަގުބޫލު ކަމެއް ނޫނެވެ. އިގްތިސާދީ ގޮތުންނާއި އިންސާނީ ދުޅަހެޔޮކަމުގެ ގޮތުން ވެސް މިފަދަ ހަނގުރާމަތަކުން ދިމާވާ ގެއްލުންތަކަކީ އާންމުން ހަނގުރާމައާ ދެކޮޅުވާން މެދުވެރިވާ މުހިންމު ސަބަބުތަކެކެވެ. އެހެންކަމުން، ސިޔާސީ ގޮތުން ޓްރަމްޕަށް އޮތް މަގު އެއީ ހަނގުރާމަ ހުއްޓާލުމެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ ނިންމުމަކީ އިޒްރޭލަށް ކުއްލި ސިހުމެއް ގެނުވައި، ދެގައުމުގެ ގުޅުމަށް ބޮޑު ހީނަރުކަމެއް ގެނެސްދީފައިވާ ކަމެއް ކަމަށް އިޒްރޭލްގެ ސިޔާސީ މަސްރަހުން ދަނީ ފެންނަމުންނެވެ. އިޒްރޭލުން އީރާނަކީ އެގައުމުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައި ދެކެއެވެ. ޚާއްސަކޮށް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ސަރަހައްދުގައި އެގައުމުގެ ނުފޫޒު ފުޅާވަމުން ދިޔުމަކީ އިޒްރޭލަށް ކަރުގަޖެހިފައޮތް ކައްޓެއް ކަހަލަ ކަމެކެވެ. އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެހެން އިސްވެރިން ވެސް ތަކުރާރުކޮށް ބުނަމުންދަނީ އީރާނުގެ ނިއުކްލިއަރ ގާބިލިއްޔަތު މުޅިން ނައްތާލަން ޖެހޭނެ ކަމަށާއި، އެކަމަށްޓަކައި އަސްކަރީ ގޮތުން ފިޔަވަޅު އެޅުމަށް ޖެހޭނެ ކަމަށެވެ. އެހެންކަމުން، ޓްރަމްޕްގެ މި ނިންމުމަކީ އިޒްރޭލަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް އިޒްރޭލުން ދަނީ ދެކެމުންނެވެ.

އިޒްރޭލުން އީރާނަކީ ބޮޑު ނުރައްކަލެއް ކަމަށް ދެކޭ ސަބަބުތައް ގިނައެވެ. އީރާނުން ސީރިޔާ، ލުބްނާން، އަދި ޔަމަން ފަދަ ގައުމުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެ، އެމީހުންނަށް ހަތިޔާރު ފޯރުކޮށްދެމުންދާތީ، އެކަންކަމުގެ ސަބަބުން އިޒްރޭލްގެ ސަލާމަތަށް ނުރައްކާވާކަމަށް އެ ގައުމުން ބުނެއެވެ. ޚާއްސަކޮށް ލުބްނާންގެ ހިޒްބުﷲ ޖަމާއަތަށް އީރާނުން ދެމުންދާ އެހީތެރިކަމަކީ އިޒްރޭލަށް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. މީގެ އިތުރުން، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި، އެމީހުންގެ ސައިބަރ ހަމަލާތަކުގެ ގާބިލިއްޔަތަކީ ވެސް އިޒްރޭލް ބިރުގަންނަ ކަންކަމެވެ. އިޒްރޭލް ދެކޭ ގޮތުގައި އީރާނުގެ ހަނގުރާމަވެރިކަން ހުއްޓުވޭނީ އެގައުމުގެ އަސްކަރީ ގާބިލިއްޔަތު މުޅިން ނައްތާލައިގެންނެވެ.

އެމެރިކާގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ރައީސް ޓްރަމްޕަށް ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރެވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް އައި ހީނަރުކަމުގެ އިތުރުން، ޓްރަމްޕްގެ ސިޔާސަތުތަކާ މެދު އާންމުންގެ ނުރުހުން އިތުރުވެފައިވާކަން އެ ރިޕޯޓުތަކުން ދައްކައެވެ. ހަނގުރާމަތަކުން ދުރުހެލިވުމަށް އެމެރިކާގެ އާންމުން ބޭނުންވާއިރު، ޓްރަމްޕްގެ މި ނިންމުމަކީ އިންތިހާބުގެ ކުރިން އޭނާގެ ސަޕޯޓަރުންގެ ތެރޭގައި ތާއީދު ހޯދުމަށް ކުރެވުނު މަސައްކަތެއް ކަމަށް ބެލެވެއެވެ. ނަމަވެސް، އިޒްރޭލް ފަދަ ގާތް އެކުވެރިންނާ ދެމެދު މިފަދަ ބޮޑު ދެބަސްވުމެއް އުފެދުމަކީ ޓްރަމްޕްގެ ބައިނަލްއަގްވާމީ ގުޅުންތަކަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.

މި ނިންމުން ތަކާއި އެކު އީރާނުން ސަރަހައްހައްދުގައި ބާރުވެރިކަން ބޮޑުތަނުން އިތުރުކުރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ އީރާނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު