މިއީ ސޫރިޔާގެ މަޝްހޫރު ޚައްޠާޠު އުޘްމާން ޠާހާގެ ހަޔާތުން ހިތްވަރު ލިބިދޭ، އަސަރުގަދަ ވާހަކައެކެވެ.
ދީން

މިއީ ސޫރިޔާގެ މަޝްހޫރު ޚައްޠާޠު އުޘްމާން ޠާހާގެ ހަޔާތުން ހިތްވަރު ލިބިދޭ، އަސަރުގަދަ ވާހަކައެކެވެ.

ރރާޅު މީޑިއާ
January 26, 2026

މިއީ ސޫރިޔާގެ މަޝްހޫރު ޚައްޠާޠު އުޘްމާން ޠާހާގެ ހަޔާތުން ހިތްވަރު ލިބިދޭ، އަސަރުގަދަ ވާހަކައެކެވެ.

އޭނާ ދިމިޝްގުގައި އުޅުއްވި ދުވަސްވަރު، އޭނާ ދަންނަ މީހަކު އައިސް އޭނާގެ އަތުލިޔުމުން މުޅި މުޞްޙަފް ލިޔެދިނުމަށް އެދުނެވެ.

އުޘްމާން ޠާހާ އެއްވެސް އުޖޫރައަކާ ނުލައި، ދެ އަހަރާއި ބައިގެ ބުރަ މަސައްކަތުން އެ މުޞްޙަފް ލިޔުއްވައި ނިންމަވައި އެމީހާއާ ހަވާލުކުރެއްވިއެވެ.

ނަމަވެސް، ހިތާމަވެރި ގޮތަކަށް ކަންތައް ދިމާވީ އެމީހާ އެ މުޞްޙަފް ހިފައިގެން ސައުދީ އަރަބިއްޔާގެ "މަޖްމައުލް މަލިކު ފަހަދު" (ކިންގް ފަހަދު ގުރުއާން ޕްރިންޓިންގ ކޮމްޕްލެކްސް) އަށް ގޮސް، ގާތްގަނޑަކަށް ހަތަރު މިލިއަން ރިޔާލަށް އެ ވިއްކާލުމުންނެވެ. އެ ބޮޑު އަދަދުން އެންމެ ރިޔާލައެއްވެސް އޭނާ އުޘްމާން ޠާހާއަކަށް ނުދެއެވެ.

އެހެނަސް މާތްﷲގެ ރޭއްވެވުން މާ ފުރިހަމައެވެ. އެ ކޮމްޕްލެކްސްގެ އިސްވެރިން ފަހުން ނިންމެވީ، މެދުވެރިއެއްގެ ބަދަލުގައި ސީދާ އެ ލިޔުއްވި ޚައްޠާޠާ މުޢާމަލާތް ކުރުމަށެވެ. މިއީ އުޘްމާން ޠާހާ މަދީނާ މުނައްވަރާއަށް ގެންދެވި، އެ ކޮމްޕްލެކްސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދިޔަ ސަބަބުކަމުގައި ވިއެވެ. އަދި އޭގެ ފަހުން މާތްﷲގެ ރަޙްމަތްފުޅުން އޭނާއަށް ސައުދީ ރައްޔިތުކަންވެސް ލިބިވަޑައިގަތެވެ.

މިކަމުން ދޭހަވަނީ މާތްﷲގެ ވަޙީބަސްފުޅުގެ ތެދުކަމެވެ.

﴿وَعَسَىٰ أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ ۖ وَعَسَىٰ أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ ۗ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ﴾.

މާނަ:  އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.

(ބަޤަރާ ސޫރަތުގެ 216 ވަނަ އާޔަތުގެ މާނަ).

މަޞްދަރު

ޚިޔާލުފާޅުކުރުން

ކޮމެންޓު