
އީރާނާ ދެކޮޅަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު ލިބިފައިވާ ކަމަށް ޖީ.ސީ.ސީ ގައުމުތަކުން ހާމަކޮށްފި
މެދުއިރުމަތީގެ ސަރަހައްދުގައި އީރާނާ ދެކޮޅަށް ހުރި ކަންބޮޑުވުންތަކާއި، މި ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި ސައުދީ އަރަބިއްޔާ، ގަތަރު، ކުވައިތު، އޮމާން، ބަހްރެއިން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އެއްބަސްވެ، އީރާނަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު އެ ގައުމުތަކަށް ލިބިގެންވާ ކަމަށް ވަނީ ހާމަކޮށްފައެވެ. ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ މެންބަރު ގައުމުތަކުގެ މި އެއްބަސްވުމަކީ، ސަރަހައްދީ ހަމަނުޖެހުންތަކާއި، އީރާނުގެ ސަރަހައްދީ ހަރަކާތްތަކާ މެދު އޮތް ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ނެރުނު ބަޔާނެކެވެ.
މި ބަޔާނަކީ މެދުއިރުމަތީގައި ނުސާފުކަން ގިނަ، ނާޒުކު ދަނޑިވަޅެއްގައި ނެރުނު ބަޔާނެކެވެ. މީގެ ކުރިންވެސް އީރާނާއި ސަރަހައްދުގެ ގައުމުތަކާ ދެމެދު ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން، އީރާނުން އޭގެ ޕްރޮކްސީ ގުރޫޕުތަކަށް ދެމުންދާ އެހީތެރިކަމާއި، ސަރަހައްދުގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ހަނގުރާމަތަކާއި، ކަނޑުގެ މަގުން މުދާ އުފުލާ އުޅަނދުތަކަށް ދޭ ހަމަލާތަކާއި، އެނަރޖީ އުފައްދާ ތަންތަނަށް ދޭ ހަމަލާތަކަކީ މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަމެވެ. މީގެ އިތުރުން، ޔަމަނާއި އިރާގާއި ސީރިއާ ފަދަ ގައުމުތަކުގައި ހަނގުރާމަވެރި ގުރޫޕުތަކަށް ދެމުންދާ އެހީތެރިކަމަކީ ޖީ.ސީ.ސީ ގައުމުތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ކަމެކެވެ.
ނޯޓް. މިއީ އެމެރިކާގެ ޕަޕެޓުން



