ދިދަ ބައިދަނޑިއަށް: ކާފަރު ވެރިންނަށް އެކަނި ހާއްސަ ޝަރަފެއްތޯ؟
ދުނިޔެ

ދިދަ ބައިދަނޑިއަށް: ކާފަރު ވެރިންނަށް އެކަނި ހާއްސަ ޝަރަފެއްތޯ؟

ރރާޅު މީޑިއާ
March 1, 2026

ގައުމީ ދިދަ އާއި ސަރުކާރުގެ ތައުޒިޔާ: ތަފާތުކުރުމުގެ ސުވާލު

އީރާނުގެ ގަޑިން އިއްޔެގެ ހެނދުނުގެ ވަގުތުގަ ދިން ހަމަލާތަކެއްގައި އީރާނުގެ އެންމެ މަތީ ލީޑަރު ޝަހީދުކޮށްލެވުމާ ގުޅިގެން، ދިވެހި ސަރުކާރުން އެއްވެސް ރަސްމީ ބަޔާނެއް ނެރުމަކާނުލާ އަދި ގައުމީ ދިދަ ބައިދަނޑިއަށް ތިރިނުކޮށް ހިލަމެއްނެތި ތިބުމަކީ ގިނަ ބައެއްގެ ސުވާލުތައް އުފައްދާފައިވާ ކަމެކެވެ. މީގެކުރިން، އިސްލާމީ ނޫން ގައުމުތަކުގެ ވެރިން ނިޔާވުމުން ސަރުކާރުން ވަގުތުން ތައުޒިޔާގެ މެސެޖުތައް ނެރެ، ބަޔާންތައް ދީ، ގައުމީ ދިދަ ވެސް ބައިދަނޑިއަށް ތިރިކޮށްފައި ވާއިރު، މި ފަހަރު މި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ ދާޚިލީ އަދި ބޭރުގެ ސިޔާސަތުތަކުގައި ތަފާތުކުރުންތަކެއް ހުރިތޯ، ނުވަތަ ދިދަ ބައިދަނޑިއަށް ތިރިކުރުމުގެ އުސޫލުތަކުގައި ހުރި ގޮތެއްތޯ މިވަނީ ބޮޑު ސުވާލުތަކެއްގެ ތެރެއަށް ވެއްޓިފައެވެ. ގިނަ ރައްޔިތުންނަށް މިހާރު މިހުރީ ގައުމީ އިހުސާސްތަކާއި ބައިނަލްއަޤްވާމީ ގުޅުންތަކާ މެދު ސުވާލު އުފައްދާފައެވެ.

ކުރީގެ ހާދިސާތަކަށް ބަލާއިރު، އިސްލާމީ ނޫން ގައުމެއްގެ ވެރިއަކު ނިޔާވުމުން ދިވެހި ސަރުކާރުން އަވަސްކަމާއެކު ރަސްމީ ތައުޒިޔާ ފޮނުވާފައި ހުރެއެވެ. މިފަދަ ހާލަތްތަކުގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމުގެ އަމުރެއް ނެރެ، ދިވެހި ރައްޔިތުންގެ ފަރާތުން ހިތާމަ ފާޅުކޮށްފައިވެއެވެ. މިކަންކަން ކުރަނީ ގައުމުތަކުގެ ދެމެދުގައި އޮންނަ ގުޅުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އިހުތިރާމްކުރުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މިފަދަ ކަންކަމަކީ ބައިނަލްއަޤްވާމީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި މުހިންމު ކަންކަންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއިރު، މިއީ އާދައިގެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ގުޅުންތަކަށް އަބަދުވެސް އަހައްމިއްޔަތުކަން ދޭ ގައުމެއް ކަމުގައިވާއިރު، މިފަދަ ކަންކަމުގައި ދައްކުވައިދޭ ހަމަހަމަކަން މުހިންމުކަން ފާހަގަކުރެވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު