ކަރާޗީގައި އެމެރިކާ ކޮންސިއުލޭޓަށް ހަމަލާދިނުމުގެ ތެރޭގައި  ހަ މީހުން މަރުވެއްޖެ
ދުނިޔެ

ކަރާޗީގައި އެމެރިކާ ކޮންސިއުލޭޓަށް ހަމަލާދިނުމުގެ ތެރޭގައި ހަ މީހުން މަރުވެއްޖެ

ރރާޅު މީޑިއާ
March 1, 2026

ޕާކިސްތާނުގެ މާލީ މައި ސިޓީ ކަރާޗީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޢިމާރާތަށް މިއަދު ވަނީ އެ ޤައުމުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ހަމަލާދީފައެވެ. މި ހަމަލާގައި ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތަކުގައި މީހުން މަރުވެ، މަދުވެގެން ނުވަ މީހުންނަށް ސީރިއަސް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާގެ ސަބަބުން ކަރާޗީގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ހަރުދަނާކޮށްފައިވެއެވެ. ހަމަނުޖެހުން ހިނގި ސަރަޙައްދުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާފައިވާކަން އެ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވި ހާލަތުން ވަނީ ހާމަވެފައެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، އެތައް ބަޔަކު އެއްވެ، ކޮންސިއުލޭޓް ޢިމާރާތަށް ހަމަލާދިނުމަށް ވަނީ މަސައްކަތްކޮށްފައެވެ. އެ މީހުން ލަކުޑިބުރި އާއި ދަގަނޑުބުރި ބޭނުންކޮށްގެން ޢިމާރާތުގެ ދޮރުތަކުގައި ތަޅާ، އެތަނަށް ވަނުމަށް މަސައްކަތް ކޮށްފައިވެއެވެ. ހަމަލާ ދިން މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ޢިމާރާތުގެ ވަށައިގެންވާ ފާރަށް އަރަން މަސައްކަތްކޮށްފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހުންނަ ފުލުހުންގެ ޗެކްޕޮއިންޓްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ހަމަލާގެ ބާރުގަދަކަމުން ސަރަހައްދުގައި ވަނީ ބޮޑު ހަލަބޮލިކަމެއް އުފެދިފައެވެ. ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތިބި ފުލުހުންނާއި މި ހަމަނުޖެހުން ހިންގި މީހުންނާ ދެމެދު ވަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައެވެ. ފުލުހުންނަށް ވަނީ ހަމަލާ ދިން މީހުން ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހިފައެވެ.

މި ހަމަލާއަށް ފަހު، އެމެރިކާގެ ކޮންސިއުލޭޓް ވަށައިގެންވާ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދަށް އިތުރު ފުލުހުންނާއި ސިފައިން ފޮނުވާ، ސަރަހައްދު ބަންދުކޮށްފަ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު