އީރާނުގެ މިސައިލް ހަމަލާތަކަށްފަހު ތެލް އަވީވްގައި އަލިފާންގަނޑު ރޯވެ ބޮޑެތި ގެއްލުންތައް
ދުނިޔެ

އީރާނުގެ މިސައިލް ހަމަލާތަކަށްފަހު ތެލް އަވީވްގައި އަލިފާންގަނޑު ރޯވެ ބޮޑެތި ގެއްލުންތައް

ރރާޅު މީޑިއާ
March 15, 2026

އީރާނުގެ މިސައިލް ހަމަލާތަކަށްފަހު ތެލް އަވީވްގައި އަލިފާންގަނޑު ރޯވެ ބޮޑެތި ގެއްލުންތައް

އިސްރާއީލުގެ މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި، އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކަށްފަހު ތެލް އަވީވްގައި ބޮޑެތި އަލިފާންގަނޑުތަކެއް ރޯވެ، ބިރުވެރިކަމާއި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހަމަލާތައް ދިނުމުގެ ކުރިންވެސް އީރާނުން ވަނީ މިރޭގެ ހަމަލާތައް ވަރުގަދަވެފައި ބިރުވެރި ވާނެކަމަށް ބުނެ ވަރުގަދަ އިންޒާރު ދީފައެވެ. ތެލް އަވީވްގެ ރައްޔިތުން މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައި، ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ކަންބޮޑުވުންތަކާ އެކުއެވެ.

އިސްރާއީލުގެ ރިޕޯޓްތައް ބުނާ ގޮތުގައި، އީރާނުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ތެލް އަވީވްގެ އެކި ސަރަހައްދުތަކުން ބޮޑެތި އަލިފާންގަނޑުތައް ވަނީ ރޯވެފައެވެ. މި ހަމަލާތަކުގެ ސަބަބުން ބައެއް އިމާރާތްތަކަށް ސީދާ އަސަރުކޮށް، ގިނަ އަދަދެއްގެ މުދަލަށް ވަނީ ގެއްލުން ލިބިފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި، ކުއްލި ހާލަތުގެ މީހުން ވަނީ ވަގުތުން ހަރަކާތްތެރިވެފައެވެ. އެހެންނަމަވެސް، އަލިފާންގަނޑުގެ ބޮޑުކަމުން މަސައްކަތްތައް ދަތިވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ބައެއް މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ދަތިވެފައިވާ ކަމަށާއި، ރައްޔިތުންނަށް އަމާންކަން ހޯދުމަށް ފިލަން ޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި ހަމަލާތަކުގެ ސަބަބުން އާންމުންގެ ތެރޭގައި ބިރުވެރިކަން ވަނީ އާދަޔާ ޚިލާފަށް ބޮޑުވެފައެވެ. ސިފައިންނާއި ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ރައްޔިތުންނަށް އިތުރު އިންޒާރުތައް ދީފައެވެ.

މި ބޮޑެތި ހަމަލާތައް ދިނުމުގެ ކުރިންވެސް އީރާނުން ވަނީ މިރޭގެ ހަމަލާތައް ވަރުގަދަވެފައި ބިރުވެރި ވާނެކަމަށް އިންޒާރު ދީފައެވެ. އީރާނުގެ އިސްވެރިން ނެރުނު ބަޔާންތަކުގައި ބުނެފައިވަނީ، މި ހަމަލާތަކަކީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. އަދި، އީރާނުގެ އަމިއްލަ ދިފާއީ ހައްގު ބޭނުންކުރީ ކަމަށް ވެސް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން އީރާނާއި އިސްރާއީލާ ދެމެދު އޮތް ޒަމާންވީ ނުތަނަވަސްކަން އިތުރަށް ގޯސްވެފައިވާކަން ފާހަގަކޮށްލެވެއެވެ. އީރާނުން ދެކޭ ގޮތުގައި އިސްރާއީލުގެ ކޮންމެ ހަމަލާއަކަށްވެސް ވަރުގަދަ ރައްދެއް ދެވޭނެކަން މިހަމަލާތަކުން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އީރާނުގެ ރަސްމީ ބަޔާންތަކުން ދައްކައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު