މާލެ ސަރަހައްދުގައި އީދު ނަމާދުކުރުން ބޮޑު ޖަމާއަތް 4 މައިދާނެއްގައި
ދީން

މާލެ ސަރަހައްދުގައި އީދު ނަމާދުކުރުން ބޮޑު ޖަމާއަތް 4 މައިދާނެއްގައި

އއައިނީ
May 21, 2026

މިއަހަރުގެ އަޟްހާ އީދު ނަމާދު މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ މިއަހަރުގެ އަޟްހާ އީދު ނަމާދުވެސް މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން 25 މިސްކިތެއްގައިވެސް އީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސާފައި ވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައިވެސް މިއަހަރުގެ އަޟްހާ އީދު ނަމާދު ބޮޑުޖަމާއަތުގައި ކުރާގޮތަށް ހަމަޖައްސާފައިވާ އިރު، އަޟްހާ އީދު ނަމާދު މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާނެއެވެ.

މާލޭގެ 17 މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖައްސާފައިވާ މިސްކިތްތައް:

  • - މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

  • - މަސްޖިދު މަލިކި ސަލްމާން

  • - މަސްޖިދުލް ފުރްޤާން

  • - މަސްޖިދުއް ނޫރު

  • - މަސްޖިދުއް ޝަހީދު ޢަލީ

  • - މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)

  • - މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)

  • - މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)

  • - މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)

  • - މަސްޖިދު ޞަލާޙުއްދީން

  • - މަސްޖިދު ޖަލާލުއްދީން

  • - މަސްޖިދު އިބްރާހީމް

  • - މަސްޖިދު އިސްކަންދަރު

  • - މަސްޖިދު ޔޫސުފުލް ބަރުބަރީ

  • - މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)

  • - މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)

  • - މާފަންނު އާ މިސްކިތް

ހުޅުމާލޭގައި އިދު ނަމާދު ކުރުމަށް ހަމަޖައްސާފައިވާ މިސްކިތްތައް:

  • - މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ

  • - މަސްޖިދު ރަޝީދު

  • - މަސްޖިދު ޢަޒީޒާ މޫސާ

  • - މަސްޖިދު އަޞްދީޤާ

  • - މަސްޖިދުލްވާލިދައިނި

  • - މަސްޖިދުލް ޙަސަން އާދަމް

  • - މަސްޖިދު އުޘްމާން ބިން ޢައްފާން

ވިިލިމާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖައްސާފައިވަނީ، މަސްޖިދުއް ސަލާމުގައެވެ.

ފަހަކަށް އައިސް އީދު ނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޮޑު ޖަމާއަތުގައި ކުރަމުން އައި ނަމަވެސް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް އީދު ނަމާދުކުރެއެވެ. އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު