
ދުނިޔެ
އިންޑިއާގައި ހުންނަވާ އާޔަތުﷲ ހާމަނާއީގެ މަންދޫބު ޑރ. އަބްދުލް މަޖީދު، އިންޑިއާގެ މީޑިއާތަކާ ވާހަކަދައްކަވަމުން
ރރާޅު މީޑިއާ
March 2, 2026
އިންޑިއާގައި ހުންނަވާ އާޔަތުﷲ ހާމަނާއީގެ މަންދޫބު ޑރ. އަބްދުލް މަޖީދު، އިންޑިއާގެ މީޑިއާތަކާ ވާހަކަދައްކަވަމުން
އޭނާ ވިދާޅުވި ގޮތުގައި، ދެވުނު ހަމަލާތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންކަރަކަށް ނުވަތަ އެހެން ރައްކާތެރި ތަނަކަށް ބަދަލުވުމަށް ހާމަނާއީއަށް ހުށަހެޅުމުން، އެކަމަށް އެމަނިކުފާނު ވަނީ އިންކާރު ކުރައްވާފައި ކަމަށް.
އެގޮތުން ހާމަނާއީ ވިދާޅުވެފައިވަނީ، "އީރާނުގެ 90 މިލިއަން ރައްޔިތުން އެހެން ސިޓީއަކަށް ބަދަލުކުރެވޭނަމަ، އަޅުގަނޑުވެސް އޭގެ ފަހުން ބަދަލުވެދާނަން" މިފަދައިން.
މީގެއިން ހާމަވެގެންދަނީ، އަމިއްލަފުޅަށް ރައްކާތެރިކަން ހޯއްދެވުމުގެ ބަދަލުގައި، ރައްޔިތުންނާއެކު ސާބިތުވެ ހުންނެވުމަށް އެމަނިކުފާނު އިސްކަންދެއްވިކަން.



