
ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް، ސިޓީ އެފްއޭ ކަޕް ކުއާޓާއަށް
1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިދިޔަ މަހުގައި ލީގު ކަޕް ޗެމްޕިއަން ނިއުކާސަލް އެ މުބާރާތުން ކަޓުވާލުމަށްފަހު، ރޭ ސިޓީން ވަނީ އެފްއޭ ކަޕުންވެސް ނިއުކާސަލް ކަޓުވާލާފަ އެވެ.
ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައޮ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނިއުކާސަލް އިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ސެންޑްރޯ ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ ހާވީ ބާންސް އެވެ.
މެޗުގެ ކުރީކޮޅު ނިއުކާސަލް އިން ލަނޑު ޖެހުމާއެކު ސިޓީން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، މެޗުގެ 39 ވަނަ މިނެޓުގައި ޖެރެމީ ޑޯކޫ ނަގައިދިން ހުރަހަކުން ސަވީނިއޯ ވަނީ ލަނޑު ޖަހައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އޮމަރު މާމޫޝް ވަނީ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ސިޓީއަށް ކުރިހޯދަދީފަ އެވެ. އޭގެފަހުން، މެޗުގެ 65 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ސިޓީ މޮޅުކޮށްދީފަ އެވެ.
މި ނަތީޖާއާއެކު ސިޓީ ވަނީ ވިދިވިދިގެން އަށްވަނަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.



