ލުބުނާނުގައި އިޒުރޭލުން ހިންގާ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ޝަހީދުވާ މިންވަރު އިތުރުވެ، ބައިނަލްއަޤުވާމީ މުޖުތަމަޢު ހަނު
ދުނިޔެ

ލުބުނާނުގައި އިޒުރޭލުން ހިންގާ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ޝަހީދުވާ މިންވަރު އިތުރުވެ، ބައިނަލްއަޤުވާމީ މުޖުތަމަޢު ހަނު

ރރާޅު މީޑިއާ
March 18, 2026

ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން، ރައްޔިތުންނަށް ދިމާވެފައިވާ ހިތާމަވެރި ޙާލަތު ދުނިޔޭގެ ސަމާލުކަމަށް އަންނަން ފަށައިފިއެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ހަނގުރާމައިގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންނާއި އަންހެނުންނަށެވެ. އެމީހުންނަށް ދެމުންދާ ގެއްލުންތަކުގެ ތަފްސީލުތައް ފެންމަތިވަމުން އަންނައިރު، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފަރާތުން ހަނު ތިނޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި ބިރުވެރިކަމުގެ ތެރޭގައި، ގިނަ ބަޔަކު ދަނީ އިޒުރޭލުން ހިންގާ ހަމަލާތަކަކީ "ޤަތުލުޢާންމެއް" ކަމަށް ސިފަކޮށް، މި ކަންކަމަށް އެހީތެރިވާ ކަމަށް ބުނާ ބާރުތަކަށް ފާޑުކިޔަމުންނެވެ.

ފެންމަތިވެފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ލުބުނާނުގައި އާދައިގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގެ ތެރޭގައި ހިތާމަވެރި އަނިޔާތަކެއް ހިމެނެއެވެ. ނިދާފައި ތިއްބާ ބޮލަށް ބޮން އަޅައި، އަލިފާން ރޯކޮށްލުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން، ނުރައްކާތެރި ހަތިޔާރުތައް ބޭނުންކޮށްގެން ކުޑަކުދިންނާއި އަންހެނުންގެ ގުނަވަންތައް ބުރިބުރިކޮށްލައިގެން ޝަހީދުކުރަމުންދާ ކަމުގެ ހަބަރުތައްވެސް ލިބެމުންދެއެވެ. މިފަދަ ހިތްދަތި ކަންތައްތަކަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން އަވަސް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ޚާއްސަކޮށް، ހަނގުރާމައިގެ އުސޫލުތަކާ ޚިލާފަށް އާދައިގެ ރައްޔިތުންނަށް، އެއީ ކުޑަކުދިންނާއި އަންހެނުންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން މަނާ ކަމެކެވެ.

ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާދައިގެ ރައްޔިތުން ޝަހީދުވާ މިންވަރު ވަރަށް ބޮޑު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެވްރެޖުކޮށް ބަލާނަމަ ދުވާލަކު 56 މީހުން ޝަހީދުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އަދަދުތަކަކީ ވަރަށް ނުރައްކާތެރި އަދަދުތަކެއް ކަމަށާއި، މިހެން ގިނަ މީހުން މަރުވަމުންދާ އެންމެ ބޮޑު ސަބަބަކީ އިޒުރޭލުން ދެމުންދާ ހަމަލާތައް ކަމަށް ލުބުނާނުގެ ސަރުކާރާއި ހިއުމަން ރައިޓްސް ޖަމްޢިއްޔާތަކުން ދަނީ ބުނަމުންނެވެ. ޝަހީދުވާ ފަރާތްތަކުގެ ތެރެއިން ގިނައީ އެއްވެސް ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން ކަމަށްވުމުން، މި މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ. މިކަމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަޒަންވެރިވެފައިވާ ސަރަޙައްދުތަކުން ބަދަލުވެ، އެހެން ތަންތަނަށް ހިޖުރަ ކުރުމުގެ މަޖުބޫރީކަން ވަނީ ކުރިމަތިވެފައެވެ.

ލުބުނާނުގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން، އިޒުރޭލުން ހިންގަނީ ޤަތުލުޢާންމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ތޫނު ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. މިގޮތުން، އެމެރިކާ ފަދަ ބޮޑެތި ބާރުތަކުން އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުމަކީ މި ޤަތުލުޢާންމަށް އެހީތެރިވުން ކަމަށް ބުނެ، އެ ޤައުމުތަކުގެ ސިޔާސަތުތަކަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މުޙައްލީ ރިޕޯޓުތަކުންނާއި ބައިނަލްއަޤުވާމީ ބައެއް ހިއުމަން ރައިޓްސް ޖަމްޢިއްޔާތަކުން ވެސް މިފަދަ ކަންކަން ފެންމަތިކޮށްފައި ވެއެވެ. މިފަދަ ދަނޑިވަޅެއްގައި ހަނގުރާމަ ކުރާ ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ހަމަނުޖެހުން އިތުރުވެ، އާދައިގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ސަބަބެއް ކަމަށް ބުނެ ވަރަށް ގަދައަށް އަންނަނީ ކުއްވެރިކުރަމުންނެވެ.

މިފަދަ ނުރައްކާތެރި ހާލަތެއް ލުބުނާނުގައި ހިނގަމުންދާއިރު، ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ކަމަށްވާ އދ. އޮތީ ހަނުކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އދ. އަކީ ދުނިޔޭގެ ސުލްހަ މަސްލަހަތު ހިފަހައްޓައި، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި އުފައްދާފައިވާ ޖަމްޢިއްޔާއެއް ކަމުގައިވާއިރު، ލުބުނާނުގައި ހިނގަމުންދާ ކަންކަމާ މެދު އެ ޖަމްޢިއްޔާގެ ފަރާތުން ހަނުކަމެއް ފެންނަ ކަމަށް ބުނެ، ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި ހަނުގެ ސަބަބުން، ހަނގުރާމައިގެ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކަށް އިހުތިރާމު ކުރުމުގެ ބައިނަލްއަޤުވާމީ ވައުދުތަކުގެ މައްޗަށް ސުވާލު އުފެދެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު