ޓްރަމްޕް ހެދީ ދޮގު. ހަލާކުކޮށްލި ކަމަށްބުނާ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކޮށް އަދި އީރާނުން ވަރުގަދަ ހަމަލަތެކެއް ދީފި
ދުނިޔެ

ޓްރަމްޕް ހެދީ ދޮގު. ހަލާކުކޮށްލި ކަމަށްބުނާ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކޮށް އަދި އީރާނުން ވަރުގަދަ ހަމަލަތެކެއް ދީފި

ރރާޅު މީޑިއާ
March 19, 2026

އެމެރިކާއިން ކުރިން ނައްތާލި ކަމަށް ބުނެފައިވާ އީރާނުގެ ވައިގެ ދިފާއީ ނިޒާމްތައް އަނެއްކާވެސް ބޭނުންކުރަން ފަށާފައިވާކަމުގެ ރިޕޯޓުތަކާއެކު ދުނިޔޭގެ ސަމާލުކަން އެ ސަރަހައްދަށް ވަނީ ހުއްޓިފައެވެ. ސަހުޔޫނީންނާއި އެމެރިކާއިން އީރާނުގެ މައްޗަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، އީރާނުން ވެސް ދަނީ ފުލުފުލުގައި މިސައިލްތައް ފޮނުވައި، ދިފާއުވުމުގެ މަސައްކަތް ކުރަމުންނެވެ.

މިރޭގެ ހަމަލާތަކުގައި، ސަހްޔޫނީ ސިފައިންނާއި އެމެރިކާގެ ސިފައިން ގުޅިގެން އީރާނުގެ މައްޗަށް ދެމުންދިޔަ ހަމަލާތަކަށް އީރާނުން ވަނީ ހިފެހެއްޓުމެއް ނެތި ޖަވާބުދާރީވެފައެވެ. އީރާނުގެ ސިފައިން ވަނީ ސަހުޔޫނީ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިސައިލްތައް ފޮނުވާލާފައެވެ. މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ސަލާމަތީ ކަންކަމަށް އޭގެ ނޭދެވޭ އަސަރުކޮށް، ދެ ފަރާތުން ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލެވެއެވެ.

ޚާއްސަކޮށް ފާހަގަކޮށްލެވޭ ކަމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ބޮޑާކަމާއެކު އީރާނުގެ ވައިގެ ދިފާއީ ނިޒާމްތައް އެއްކޮށް ނައްތާލާފައިވާ ކަމަށް ބުނެފައި ވާއިރު ވެސް، މިރޭ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ދަނީ އެ ވައިގެ ދިފާއީ ނިޒާމްތައް ބޭނުންކުރަމުންނެވެ. މި ހަބަރުތަކުގައި ބުނެފައި ވަނީ، އެ ނިޒާމްތައް ބޭނުންކޮށްގެން ސަހްޔޫނީންނާއި އެމެރިކާގެ ޖެޓްތަކަށް ހަމަލާ ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. މިއީ ޓްރަމްޕަށް އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި އަސްކަރީ އޮޕަރޭޝަންތަކަށް ފާޑުކިޔުން އަމާޒުވާނެ ކަމެކެވެ، އަދި އީރާނުގެ އަސްކަރީ ގާބިލިއްޔަތުކަން އަންދާޒާ ކުރެވުނު މިންވަރަށް ވުރެ މާ މަތިކަން މިކަމުން ދައްކުވައިދެއެވެ.

އީރާނުގެ ވައިގެ ދިފާއީ ނިޒާމްތައް އަލުން ބޭނުންކުރަން ފެށުމަކީ، މި ހަނގުރާމައިގެ ބަދަލުވަމުންދާ ހާލަތު އަންގައިދޭ މުހިންމު ނިޝާނެކެވެ. މީގެ ސަބަބުން ދުނިޔޭގެ ބާރުތަކުން އީރާނަށް ބަލާ ބެލުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. ކުރިން އީރާނުގެ ދިފާއީ ގާބިލިއްޔަތުކަން ދަށްކަމަށް ބެލެވިފައި ވީނަމަވެސް، މިހާރު ފެންނަ ކަންކަމުން އެގައުމުގެ އަސްކަރީ ލަޝްކަރުގެ ފަރާތުން ހައިރާންކުރުވަނިވި ކަންކަން ފެންނަމުންދެއެވެ. އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ދިފާޢުވުމުގެ އައު ވައިގެ ހަތިޔާރުތައް ބޭނުންކުރަން ފަށާފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މިކަމުގެ ސަބަބުން މެދުއިރުމަތީގެ ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. އީރާނުގެ ވައިގެ ދިފާއީ ނިޒާމްތައް އަނެއްކާވެސް ބޭނުންކުރެވޭކަން ހާމަވުމާއެކު، ސަހުޔޫނީންނާއި އެމެރިކާއިން ކުރިއަށް އޮތްތަނުގައި ހަމަލާތައް ރާވާނެ ގޮތަށް ބަދަލުތަކެއް އަންނާނެއެވެ. މި ހާލަތުގައި، ބައިނަލްއަގުވާމީ މުޖުތަމަޢުން ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންދާއިރު، ސަރަހައްދީ ހަމަލާތައް އިތުރަށް ގޯސްވެދާނެކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މި ހަމަލާތައް އިތުރަށް ގޯސްވެގެން ހިނގައްޖެނަމަ، މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރުކޮށް، ގުޅުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ. އީރާނުގެ ވައިގެ ދިފާއީ ނިޒާމްތަކުގެ ހަގީގީ ގާބިލިއްޔަތުކަން އެނގުމާއެކު، ސަރަހައްދުގެ ހުރިހާ ފަރާތްތަކުން ވެސް އަސްކަރީ ގޮތުން އިތުރަށް ސަމާލުވާން މަޖުބޫރުވާނެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު