
ދުނިޔެ
އަސްމާއްތަ ޕާޓީއިން ވަކިކޮށް ގޮނޑި ގެއްލުވާލުމަށް ނިންމަވައިފި
ރރާޅު މީޑިއާ
April 7, 2026
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލައި މާފަނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު އެ ޕާޓީން ވަކިކުރުމަށް ރައީސް މުއިއްޒު އަންގަވާފައި ވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްމާ ވަކި ކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއެކު، ޕާޓީން ވަކިކުރުމުން އަސްމާގެ މަޖިލިސް ގޮނޑި ގެއްލޭނެއެވެ.
އަސްމާތަ ވިދާޅުވީ އޭނާ ޕާޓީން ވަކި ކުރަން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހަށް ރައީސް މުއިއްޒު މިހާރު އަންގާފައިވާ ކަމަށެވެ.



