ލީޑްސް އަތުން މޮޅުވެ އާސެނަލްއަށް ހަތް ޕޮއިންޓްގެ ލީޑެއް
ކުޅިވަރު

ލީޑްސް އަތުން މޮޅުވެ އާސެނަލްއަށް ހަތް ޕޮއިންޓްގެ ލީޑެއް

ފފާތިމަތު
February 1, 2026

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އާސެނަލުން އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާ އަކުންނެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 27 ވަނަ މިނެޓުގައި އާސެނަލުން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާޓިން ޒުބިމެންޑީއެވެ.

މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، އެއީ ލީޑްސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މުޅި މެޗު ކޮންޓްރޯލްކޮށްގެން އާސެނަލުން ކުޅެފައިވާއިރު، މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ތިން ވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވިކްޓަރ ގިއޮކްރެސްއެވެ.

އާސެނަލްގެ ހަތަރު ވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި އެ ޓީމުން ކާމިޔާބުކުރިއިރު، އެއީ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ގެބްރިއެލް ޖީސުސް ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު އާސެނަލުން މިހާތަނަށް ކުޅުނު 24 މެޗުން ހޯދި 53 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު