
އެމެރިކާ ސިފައިން ހުރްގު އައިލެންޑަށް އަރައިފިނަމަ އެއީ ހަދާނެ އެންމެބޮޑު ގޯސްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފި
އެމެރިކާއިން ހުރްގް ޖަޒީރާއަށް އަރައިފި ނަމަނުރައްކާތެރި ހަތިޔާރާއި އެކު ވަށައިގެން ހަމަލާ ދީ އެމެރިކާ ސިފައިންގެ ދުވަސް ދުއްވާލުން ވަރަށް ގާތް ކަމުގައި ހަނގުރާމައިގެ މާހިރުން ލަފާދޭ. އެމެރިކާއިން އެދަނީ އިޒްރޭލުގެ ހައްގުގައި ހިލޭ ސާބަހަށް އެމެރިކާގެ ޒުވާން ސިފައިން އީރާނަށް ގުރުބާން ކުރަމުން ކަމުގައި ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެފަދަ ދަންތުރައަކުން ސަލާމަތްވާނެ އެއްވެސް މަގެއް ނުފެންނަ ކަމަށާއި އިތުރު ހަތިޔާރު ގެންދާނެ މަގުވެސް ނުފެންނަކަމަށް އެފަރާތްތަކުން ހާމަކުރެއެވެ
އީރާނުން އެސަރަހައްދުގައި ހަމަލާ ދިނުމަށް ރާވާފައިވާ ސުޓްރެޖީއަކީ މީހެއްގެ ހިތަށްވެސް ނާރާ ފަދަ ގޮތަކަށް ރާވާފައިވާ ސުޓްރެޖީއެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ. ޓުރަމްޕް މިހަނގުރާމައިގާ އަޅާނެ އެންމެ ބޮޑު ޅައެތި މިހާރު އެއުޅެނީ އަޅަން ކަމުގައި އެފަރާތަކުން ވަނީ ބުނެފައެވެ.
އެމެރިކާގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ނަމަވެސް މިކަން ހުއްޓުވުމަށް އެފަރާތްތަކުން ވަނީ އެދިފައެވެ. އަދި އެ ފަރާތްތަކުން ހާމަކުރާ ގޮތުގައި އީރާނުގެ އަތުގައި ވަރަށް ބާރުގަދަ ހަތިޔާރުތަށް އެބަހުރި ކަމަށާއި އެ ހަތިޔާރުތައް ބޭނުން ކުރާ ވަގުތު ޖެހިއްޖެ ކަމުގައި ވަނީ ބުނެފައެވެ.
އަދި އެފަދަ ހަމަލާތަކުން ރައްކާތެރިވުމަކީ މިއަދު އެމެރިކާއަށްވެސް އަދި އެހެން ގައުމަކަށްވެސް ލިބިގެންވާ ގާބިލުކަމެއް ނޫންކަމަށް މާހިރުން ބުނެއެވެ.



