އެމެރިކާއާއި އިޒްރޭލުން އީރާނާއި ދެކޮޅަށް ފެށި ހަނގުރާމައާއި އުންމީދުތަކާއި އަދި ހިތްދަތި ނަތީޖާ: ލަދުވެތި ބައްޔަކުން ބަލި
ދުނިޔެ

އެމެރިކާއާއި އިޒްރޭލުން އީރާނާއި ދެކޮޅަށް ފެށި ހަނގުރާމައާއި އުންމީދުތަކާއި އަދި ހިތްދަތި ނަތީޖާ: ލަދުވެތި ބައްޔަކުން ބަލި

ރރާޅު މީޑިއާ
March 14, 2026

އެމެރިކާއިން އިރާނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަނަކީ، ވެނެޒުއޭލާގެ ރައީސް ވަގަށްނެގުމަށް ކުރި މަސައްކަތާ އެއްގޮތަށް، ފަސޭހައިން ކާމިޔާބު ކުރެވިދާނެ ކަމަށް ހީކުރި ކަމެކެވެ. ވޮޝިންޓަންގައި ތިބި ނިންމުން ނިންމާ ފަރާތްތަކުން އުއްމީދު ކުރީ، އިރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމުން އެ ގައުމުގެ ސަރުކާރު ވެއްޓި، އިރާނު އެމެރިކާގެ ނުފޫޒުގެ ދަށަށް އަންނާނެ ކަމަށެވެ. މެދުއިރުމަތީގައި އެމެރިކާއަށް އޮތް ބާރާއި ނުފޫޒުގެ ސަބަބުން، އިރާނަކީ ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ ގައުމެއް ކަމަށް އެމެރިކާއިން ވަރަށް ބޮޑަށް ދެކުނެވެ. ނަމަވެސް، ހާލަތު ބަދަލުވީ އެމެރިކާއިން ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. އިރާނުގެ ހިކުމަތްތެރި ރައްދު ހަމަލާތަކުގެ ސަބަބުން މިހާރުވަނީ، ވޭތުވެދިޔަ ދިގު މާޒީގައި އެމެރިކާއިން މެދުއިރުމަތީގައި ބިނާކުރި އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ މަރުކަޒުތައް ފަނާވެ، އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެމެރިކާއިން މި އޮޕަރޭޝަން ފެށީ ވަރަށް ބޮޑު އިތުބާރަކާއި އެކުގައެވެ. ވެނެޒުއޭލާގައި ރައީސް ވަގަށްނެގުމަށް ކުރި މަސައްކަތާ އެއްގޮތަށް، އިރާނުގެ މައްސަލަވެސް ހައްލުވާނެ ކަމަށް އެމެރިކާއިން ދެކުނެވެ. މި ސަރަހައްދުގައި އެމެރިކާއަށް އޮތް އަސްކަރީ ބާރާއި އިގްތިސާދީ ނުފޫޒުގެ ސަބަބުން، އިރާނުން ދިފާޢީ ހަމަލާއެއް ދިނުމުގެ ގާބިލިއްޔަތު ނެތް ކަމަށް އެމެރިކާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބެލިއެވެ. އިރާނުގެ ޚާމަނާއީ އަވަހާރަކޮށްލުމުން، ގައުމުގެ ސިޔާސީ ނިޒާމު ބައިބައިވެ، އެ ގައުމަށް އެމެރިކާއަށް ބޭނުން ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމެރިކާގެ ވޮޝިންޓަންގައި ތިބި ތަޖުރިބާކާރުންނާއި ސިޔާސީ ފަރާތްތަކުން އަންދާޒާކުރިއެވެ. މިއީ މެދުއިރުމަތީގައި އެމެރިކާއަށް އޮތް ސުލްހަ އާއި ހަމަޖެހުމުގެ ޒަމާނެއްގެ ފެށުން ކަމަށް ވެސް އެމީހުން ދެކުނެވެ.

ނަމަވެސް، އިރާނުގެ ރައްދު ހަމަލާތައް ފެށިގެން ދިޔައީ އެމެރިކާއިން އެއްވެސް އިރަކު ހީނުކުރާނެ މިންވަރަކަށެވެ. އިރާނުގެ އަސްކަރިއްޔާއިން ދިން ދިފާޢީ ހަމަލާތަކަކީ ވަރަށް ރޭވުންތެރިކަމާއެކު ދިން ހަމަލާތަކެކެވެ. އެގޮތުން، އެމެރިކާގެ ސިފައިން ތިބި މުހިންމު އަސްކަރީ މަރުކަޒުތަކާއި، އަސްކަރީ ގުދަންތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދިނެވެ. މި ހަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގެ އެކި ހިސާބުތަކުގައި އެމެރިކާއިން ޤާއިމުކޮށްފައިވާ އެތައް ބިލިއަން ޑޮލަރުގެ އަސްކަރީ މަރުކަޒުތައްވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް މަރުކަޒުތައް ފަނާވެފައެވެ. މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ އުޅަނދުތަކާއި، ހަތިޔާރުތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

މި ހަނގުރާމަ މިހާރު ވެގެން ގޮސްފައިވަނީ އެމެރިކާއަށް ގެއްލުން ބޮޑު، އުނދަގޫ ހަނގުރާމައަކަށެވެ. އިރާނުގެ ރައްދު ހަމަލާތަކުގެ ސަބަބުން އެމެރިކާއަށް ލިބުނު މާލީ ގެއްލުންތައް ބޮޑުވެފައިވާއިރު، އަސްކަރީ ގޮތުންވެސް ބޮޑެތި ފިއްތުންތަކެއްވަނީ ކުރިމަތިވެފައެވެ. ދެހަފްތާގެ ތެރޭގައި އެމެރިކާގެ އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އާލާތްތައް ހަލާކުވެ، އޮޕަރޭޝަންތައް ހުއްޓިފައިވެއެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ސިފައިންގެ މެދުގައި ނަފްސާނީ ގޮތުންވެސް ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މިއީ އެމެރިކާގެ އަސްކަރިއްޔާއަށް މިހާ ގިނަ އަދަދެއްގެ މާލީ ގެއްލުންތަކެއް ވީ ފުރަތަމަ ފަހަރު ކަމަށްވެސް ބައެއް މުހައްލިލުންނާއި ސިޔާސީ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ހާލަތުގައި، އެމެރިކާގެ ގާތް އެކުވެރިންނަށްވެސް ސީދާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކެރުނެވެ. އިރާނުގެ ބާރުގަދަ ރައްދު ހަމަލާތަކަށް އޮތް ބިރަކުން، އެއްވެސް ގައުމަކަށް އެމެރިކާއާއެކު ސީދާ ހަނގުރާމަޔަށް ވަނުމުގެ ހިތްވަރެއް ނުލިބުނެވެ. މެދުއިރުމަތީގެ ގައުމުތަކުންނާއި، ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުންވެސް މިކަމުގައި ވަކި ފަރާތަކަށް ނުޖެހި ތިބުމަށް ނިންމިއެވެ. މިއީ އެމެރިކާއަށް ލިބުނު އިތުރު ހިތްދަތިކަމެކެވެ، ސަބަބަކީ ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެފައިވާ ކަމުގެ އިހުސާސު އެމެރިކާއަށް ކުރެވުނު ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ. އެކުވެރިންގެ ފަސްޖެހުމުގެ ސަބަބުން، ހަނގުރާމަ ކުރިއަށްގެންދިއުމަށް އެމެރިކާއަށް އިތުރު ދަތިތަކެއް ކުރިމަތިވިއެވެ.

އެމެރިކާއިން ގޮތްދޫނުކުރަން ހިފެހެއްޓިނަމަވެސް، މި ހަނގުރާމައިން އެމެރިކާ މިވަނީ ބަލިވެފައެވެ. އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ލިބުނު ގެއްލުންތައް ބޮޑުވެފައިވާއިރު، މެދުއިރުމަތީގައި އެމެރިކާއަށް އޮތް ނުފޫޒުވެސްވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މި ހާދިސާއަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދާނެ ކަމެއް ކަމަށް ބެލެވެއެވެ. ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރީ ކުޅަދާނަކަން ސުވާލު އުފެދިފައިވާއިރު، ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާއަށް އޮތް އިތުބާރުވެސްވަނީ ކުޑަވެފައެވެ. މިއީ އެމެރިކާގެ ތާރީޚުގައި ދެނެގަނެވުނު އެންމެ ބޮޑެތި އަސްކަރީ ފިލާވަޅުތަކުގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށް ބެލެވެއެވެ.

ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމަށް އެމެރިކާއިން ހީކުރި ހަނގުރާމައެއް، އެމެރިކާއަށް ބޮޑު ގެއްލުމެއް ލިބިގެން ނިމިގެން ދިޔުމަކީ، މެދުއިރުމަތީގެ ސިޔާސީ މައިދާނުގައި އާ ބާރުތަކެއް އުފެދި، ބާރުތަކުގެ ސަމާސާ ބަދަލުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. އިރާނުގެ މި ދިފާޢީ ހަމަލާތަކުން އެ ގައުމުގެ ހަރުދަނާކަމާއި، ބޭރުގެ ނުފޫޒަށް ދެކޮޅު ހެދުމުގެ ގާބިލިއްޔަތު ވަނީ ދައްކުވައިދީފައެވެ. މި ހަނގުރާމައިގެ ނަތީޖާއަކީ އެމެރިކާގެ ސިޔާސަތުތައް އަލުން މުރާޖާ ކުރަން މަޖުބޫރުކުރުވި ކަމެއް ކަމަށް ބެލެވެއެވެ. މެދުއިރުމަތީގެ ކުރިމަގު މިހާރު މިވަނީ ނުސީދާ ގޮތަކަށް ބަދަލުވެފައެވެ. އިރާނުގެ ނުފޫޒު މި ސަރަހައްދުގައި އިތުރުވެ، އެމެރިކާގެ ރޯލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ސިޔާސީ މުހައްލިލުންނާއި އަސްކަރީ ތަޖުރިބާކާރުން ބުނެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު