ހަނގުރާމައިން އެމެރިކާ ބަލިވާނެއެވެ. ޕްރޮފެސަރ ޖިއާންގް ޒޫކިން
ދުނިޔެ

ހަނގުރާމައިން އެމެރިކާ ބަލިވާނެއެވެ. ޕްރޮފެސަރ ޖިއާންގް ޒޫކިން

ރރާޅު މީޑިއާ
March 9, 2026

ހަނގުރާމައިން އެމެރިކާ ބަލިވާނެއެވެ.

މިއީ 2024 ވަނަ އަހަރު ޕްރޮފެސަރ ޖިއާންގް ޒޫކިން ކުރެއްވި ތިންވަނަ ލަފާކުރުމެވެ.

އެ ދުވަސްވަރު ގިނަ ބަޔަކު މި ވާހަކަ ވަގުތުން ދޮގުކުރިއެވެ. އެއީ ވެދާނެ ކަމެއް ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރިއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރު ހަނގުރާމައަކުން ބަލިވެދާނެ ކަމީ އޭރު ގަބޫލުކުރަން އުނދަގޫ ކަމެކެވެ.

ނަމަވެސް، އެއީ އޭނާ ކުރެއްވި ހަމައެކަނި ލަފާކުރުމެއް ނޫނެވެ. ޕްރޮފެސަރ ޖިއާންގް ވަނީ ޖުމްލަ ތިން ކަމަކަށް އިޝާރާތް ކުރައްވާފައެވެ:

ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުން.

އީރާނާ ދެކޮޅަށް އެމެރިކާ ކުރިމަތިލުމަކަށް ދިއުން.

އަދި އެންމެ ފަހުން، އެ ހަނގުރާމައިން އެމެރިކާ ބަލިވުން.

އޭރު ގިނަ މުހައްލިލުން މި ވާހަކަތައް ބެލީ ހަމައެކަނި ހީއެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު އޭގެ ތެރެއިން ދެ ކަމަކާ މެދު ވަނީ ވަރަށް ބޮޑަށް ބަހުސް އުފެދިފައެވެ.

ޓްރަމްޕް ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަތުމަކީ ސިޔާސީ ދާއިރާގެ ގިނަ ބަޔަކަށް ލިބުނު ބޮޑު ސިހުމެކެވެ. ހަމައެއާއެކު، އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ، ކުރިން މުހައްލިލުން އުންމީދު ނުކުރާ މިންވަރަށް ބޮޑުވެފައެވެ.

މިއާއެކު ދުނިޔޭގެ ސަމާލުކަން މިހާރު ހުރީ އޭނާ ކުރެއްވި ތިންވަނަ ލަފާކުރުމަށެވެ. އެކަން ހަގީގަތަކަށް ވެދާނެ ހެއްޔެވެ؟

ގިނަ ބަޔަކަށް އަދިވެސް މިއީ ގަބޫލުކުރަން ދަތި ކަމެކެވެ. އެމެރިކާއަކީ ތާރީޚު ދުށް އެންމެ ވަރުގަދަ އެއް އަސްކަރީ ބާރެވެ. ނަމަވެސް މި ޒަމާނުގެ ހަނގުރާމަތަކުގެ ނަތީޖާ ނިމެނީ ހަމައެކަނި ހަތިޔާރުގެ ވަރުގަދަކަމަކުން ނޫނެވެ.

ސަރަހައްދީ އިއްތިހާދުތަކާއި، ނުސީދާ ހަނގުރާމައިގެ އުކުޅުތަކާއި، އިގްތިސާދީ ފިއްތުންތަކުގެ އިތުރުން ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކަކީ ހަނގުރާމައިގެ މިސްރާބު ބަދަލުކޮށްލާފާނެ ކަންކަމެވެ. މުޅި ސަރަހައްދުގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރު، ހަކަތައިގެ ބާޒާރަށާއި، ސަލާމަތީ އިއްތިހާދުތަކުގެ އިތުރުން ދުނިޔޭގެ ސިޔާސީ މަސްރަހަށް ދަނީ ފޯރަމުންނެވެ.

މިހާރު ދެ ލަފާކުރުމެއް ދުނިޔޭގައި ހިނގަމުންދާ ކަންކަމާ ދިމާވަމުންދާތީ، މީހުންގެ ހިތުގައި މިއަށްވުރެ ފުން ސުވާލެއް ވަނީ އުފެދިފައެވެ.

އެއީ ޕްރޮފެސަރ ޖިއަންގް އަކީ ހަމައެކަނި ތާރީޚާއި ބިމުގެ ސިޔާސީ އޮއިވަރުތައް (ޖިއޯ ޕޮލިޓިކްސް) ދިރާސާކުރެއްވި ބޭފުޅެއް ބާވައެވެ؟ ނުވަތަ މުޅި ދުނިޔެއަށް އަދި ކިރިޔާ މި އިހުސާސްވާން ފެށި ހާދިސާތަކުގެ ސިލްސިލާ، އޭނާ މާކުރިންވެސް ދެނެގަނެ ތަސައްވަރު ކުރެއްވީ ބާވައެވެ؟

ޚިޔާލުފާޅުކުރުން

ކޮމެންޓު