މުޖްތަބާ ޚާމަނާއީގެ ހިތްވަރަށް ކެތެއް ނުކުރެވުނު. ހުރި ތަން ބުނެދިން މީހަކަށް 10 މިލިއަން ޑޮލަރު ދޭނަން.  އެމެރިކާ
ދުނިޔެ

މުޖްތަބާ ޚާމަނާއީގެ ހިތްވަރަށް ކެތެއް ނުކުރެވުނު. ހުރި ތަން ބުނެދިން މީހަކަށް 10 މިލިއަން ޑޮލަރު ދޭނަން. އެމެރިކާ

ރރާޅު މީޑިއާ
March 14, 2026

އީރާނުގެ މިހާރުގެ ލީޑަރު މުޖްތަބާ ޚާމަނާއީ އާއި އެހެނިހެން އިސް ބޭފުޅުން މަރައިލުމަށް އެމެރިކާ އިން ނިންމައި، މުޖްތާބާ ޚާމަނާއީ އާއި އީރާނުގެ އިސް ބައެއް އޮފިޝަލުންނާއި ބެހޭ މައުލޫމާތު އެމެރިކާ އަށް ފޯރުކޮށްދޭ މީހަކަށް 10 މިލިއަން ޑޮލަރު ދޭން އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ “ރިވާޑްސް ފޯ ޖަސްޓިސް”ޕްރޮގްރާމް މެދުވެރިކޮށެވެ.

އެމެރިކާއިން ބުނާ ގޮތުގައި މުޖްތަބާ ޚާމަނާއީ މަރައިލުމުގައި އެހީތެރިވެދޭ މީހަކަށް އިނާމެއް ދޭން ނިންމީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން މިހާރު އެމެރިކާ އަށް ދެމުންދާ ގެއްލުންތައް ލީޑު ކުރަނީ އޭނާ ކަމަށް ވާތީއެވެ.

އެމެރިކާއިން އައިއާރުޖީސީ ކަނޑައަޅާފައިވަނީ ބިދޭސީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަމަށްވާތީ، އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އެ ޖަމާއަތުގެ ލީޑަޝިޕާއި އޮޕަރޭޝަންތަކާއި ބެހޭ މައުލޫމާތު ހޯދުމަކީ ގައުމީ ސަލާމަތަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

ނޯޓް: މިކަމުން ދޭހަވަނީ އެމެރިކާގެ ފިނޑިކަމާއި މޮޖްތަބާ ހާމަނޭއީގެ ކެރުމެވެ. މޮޖްތަބާ ހާމަނާއީ ވިދާޅުވީ ކެރިގެން ކުރިމަތިލައި އެމެރިކާ ބަލިކުރައްވާނެކަމަށް

ޚިޔާލުފާޅުކުރުން

ކޮމެންޓު