
ދުވަހަކުވެސް ހަނގުރާމައެއްގަ އެމެރިކާ ނިކަމެތި ނުވާވަރަށް އީރާނު ކުރިމަތީގައި ނިކަމެތިވެއްޖެ
ދުވަހަކުވެސް ހަނގުރާމައެއްގަ އެމެރިކާ ނިކަމެތި ނުވާވަރަށް އީރާނު ކުރިމަތީގައި ނިކަމެތިވެފައި ވާކަމަށް ގިނަ ރިޕޯޓުތަކެއް ބުނަން ފަށައިފިއެވެ.
އެމެރިކާ އަކީ އެމެރިކާގެ އަމިއްލަ އެދުމަށް ގައުމުތަކަށް އަރައިގަނެ ވެރިން ޖަހައިނެ އެތައް ރައްޔިތުންނެއް މެރުމުގެ މާޒީއެއްވެސް އޮންނަ ގައުމެކެވެ. ހާއްސަކޮށް ޓެރަރިޒަމް އާއި ދެކޮޅަށް ކަމަށް ބުނެ މުސްލިމް ގައުމުތަކަށް އަރައި އެގައުމުތައް އިސްތިއުމާރު ކުރުމަކީ އެމެރިކާގެ ވެރިންނަށް ވަރަށް ފަރިތަ ކަމެއް ކަމުގައި ވަެފައި ވެއެވެ.
އެމެރިކާ ބޭނުން ގޮތަކަށް އެކަންކަން ކުރުމުގައި މުސްލިމް ގައުމުތަކުގެ ހާއްސަކޮށް އެމެރިކާ އާއި ގާތްގުޅުންތަކެއް އޮންނަ ގަލްފްގެ ހަ ގައުމު ފާހަގަކޮށްލެވެއެވެ. މިއީ އެމެރިކާ މެދުއިރުމަތީ ހަންފެތުރުމަށް އެންމެ ބޮޑަށް ފުރުސަތު ލިބުނު ސަބަބު ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އެގޮތުން އީރާނާއި ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގަވެސް މިދެންނެވުނު ގަލްފުގެ ގައުމުތަކުގެދައުރު ބޮޑުކަމަށް އެތައް ތުޚުމަތެއް ކުރެވިފައި އެބަހުއްޓެވެ. އެގޮތުން އެގައުމުތަކުގައި ހުރި އެމެރިކާގެ މިލިޓަރީ ބޭސްތަކާއި ވައިގެ ސަރަހައްދު މިހާރުވެސް ބޭނުންކުރާކަމަށް އީރާނުން ތަކުރާރުކޮށް ބުނާއިރު ޗައިނާ އަދި ރަޝިޔާއިންވެސް މިކަން ކަށަވަރު ކޮށްދެއެވެ.
ނަމަވެސް އީރާނުގެ ރައްދު ހަމަލަތަކުން މިހާރު ގަލްފް ގައުމުތަކުގައި ހުރި މަދު އެއަރބޭސް އެއްނޫނީ ހުރިހާ ބޭސްތަކާއި އެތަނުގަ ހުރި ހަތިޔާރުތައްވެސް އެއްކޮށް އަޅިޔަށް ހަދާލާފައިވާކަމަށް އީރާނުންނާއި އަދި ގަލްފުގެ ގައުމުތަކުން ކަށަވަރު ކޮށްދެއެވެ.
އެމެރިކާއިން ދެކެމުން އައީ އީރާނުގެ އިސްވެރިން މަރައިލުމުން ހަނގުރާމަ ނިމުނީ ކަމަށާއި އީރާނު އަމާން ދޭނެ ކަމަށެވެ. ނަމަވެސް އެމެރިކާއާއި އިޒްރޭލުން ދެކެމުންދިޔަ ހުވަފެން ތަކާއި ޚިލާފަށް އިޒްރޭލާއި އެމެރިކާ އަދި ގަލްފުގެ ބައެއް ގައުމުތަކުގެ އެއްބާރުލުމާއި އެކު ދިން ހަމަލަތަކަށް އީރާނުގެ ރައްދު ދިނީ ހީވެސް ނުކުރާފަދަ ބާރުގަދަކޮށެވެ. ނަތީޖާއަކަށްވީ މެދުއިރުމަތިގައި ހުރި އެމެރިކާގެ ހުރިހާ ލޮލެއް ކަނުވެ ހަތިޔާރުތަކާއި ހުރިހާ ބޭސްތަކެއްހެން ކުޑަ ވަގުތުކޮޅެއް ތެރޭ އީރާނުން ވަނީ އެއްކޮށް ފުނޑާލައި އަޅިޔަށް ހަދާލައިފައެވެ.
އަދި އެއަށްފަހު ވަނީ އިޒްރޭލަށް ވަރުގަދަ ހަމަލަތައް ދޭން ފަށާފައެވެ. ހަމަލަތަކުގައި މިހާރުވަނީ އިޒްރޭލަށް ބޮޑެތި އަނިޔާތަކެއްދީ އަދި އީރާނާއި މަސްރަހު ދިރާސާކުރާ ފަރާތްތަކުންވެސް ޔަގީންކޮށްދޭ ގޮތުގައި އީރާނުންވަނީ އިޒްރޭލުގެ ވައިގެ ސަރަހައްދު ކޮންޓްރޯލް ނަގާފައެވެ. އެގޮތުން މިހާރު އީރާނުން ބޭނުން ކޮންމެ ވަގުތަކު އިޒްރޭލްގެ ކޮންމެ ތާކަށްވެސް ހަމަލަ ދެވިދާނެއެވެ. މިއީ އެމެރިކާ އެބަޔަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިން އިޒްރޭލުގެ އަދުގެ ހާލަތަވެ.
މިއީ އެމެރިކާ އެންމެ ބިރުގަންނަ އަދި އެންމެ ޖެހިލުންވާ އެއް ސަބަބެވެ. އީރާނުން ކޮންމެ ދުވަހަކު އެދަނީ އިޒްރޭލަށް ވަރުގަދަ ހަމަލަތަކެއްދީ އެތައް ތަނެއް އަޅިޔަށް ހަދަމުންނެވެ. މިކަމުގައި ގޮތް ހުސްވެ ޓްރަމްޕް އެތައް ފަހަރެއްގެ މަތިން އީރާނުން ދެމުންއަންނަ ހަމަލަތަކަށް ނިނުމެއް ގެނެވޭތޯ އެތައް ކަމެއް ކޮށްފިއެވެ. އަދި އެތައް ގައުމުތަކަކަށް ގުޅައިގެން މެދުވެރިއެއްގެ ރޯލް ކުޅެދިނުމަށްވެސް އެދިވެސް އެކަން ކާމިޔާބުވާގޮތް ނުވެ މިހާރު ޓްރަމްޕް ހުންނެވީ ގޮތްހުސްވެ ލަދުވެތި މޫނަކައިގެން ދުނިޔޭގެ ކުރިމަތީގައި ބަރަހަނާވެފައެވެ. ނުފޯރާފޮތިން ފޫގެޅީމަ ވާނެ ހައެތި ވެފައެވެ.
އީރާނުން އަދިވެސް ބުނަމުންދަނީ ހަނގުރާމަ ހުއްޓާނީ އިރާނުން ބޭނުންވީމަ ކަމަށާއި އެމެރިކާއާއި އެކު ދައްކާނެ ވާހަކައެއް ނެތްކަމުގައެވެ.



