ރާއްޖޭގެ އިތުރު 14 ރަށަކަށް އެމްބިއުލެންސް ހަވާލުކޮށްފި
ސިއްޙަތު

ރާއްޖޭގެ އިތުރު 14 ރަށަކަށް އެމްބިއުލެންސް ހަވާލުކޮށްފި

އއައިނީ
March 10, 2026

އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިތުރު 14 ރަށަކަށް އެމްބިއުލެންސް ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއެކު އެމްބިއުލެންސްތައް ސާވިސްކޮށް ބެލެހެއްޓުުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ.

ސިއްހީިދުމަތް ހިދުމަތް ބޭނުންވެފައިވާ ފަރާތްތަކަށް އެ ހިދުމަތް ދެެވެންދެން ފަރުވާ ލިބުމުގައި އެންބިއުލެންސްގެ ރޯލު ވަރަށް މުހިންމެވެ. 14 އެންބިއުލެންސް އާއި އެތަކެތީގެ މެއިންޓެނެންސް މެނުއަލް ވަނީ ރަށްތަކުގެ މަންދޫބުންނާ ހަވާލުކޮށްފައެވެ.

މި ނިންމުމަކީ ރަށްރަށުގައި ހުރި އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ، ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން، ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން، އެމްޕީއެލްއާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން މި އުޅަނދުތައް ގަވާއިދުން ބަލަހައްޓައި، މަރާމާތު ކުރުމުގެ މަސައްކަތް ހަރުދަނާވާނެއެވެ.

އެމްބިއުލާންސްތައް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖެއަށް އާ އެމްބިއުލާންސްތައް ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެކަނި ވެސް 56 ރަށަކަށް ވަނީ އެމްބިއުލާންސް ހަވާލުކޮށްފައެވެ. އަދި މި އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ރަށްތަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު